"ކާބީރް ސިންގް" ބެލުމައްފަހު އިންޑިއާގެ މައްޝޫރު ޓިކްޓޮކް ކުޅޭ މީހަކު އޭނާގެ ލޯބިވެރިޔާ މަރާލައިފި އެވެ. މިކަން ކޮއްފައިވަނީ އަޝްވަނީ ނަމަކައް ކިޔާ އިންޑިއާ މީހެކެވެ.

އަޝްވަނީ އޭނާގެ ލޯބިވެރިޔާ މަރާލާފައިވަނީ އެފިލްމު ބެލުމަށްފަހުގަ އެވެ. އޭނާ މަރާލާފައިވަނީ ފިލްމުގައި ލީޑު ރޯލުން ފެނިގެންދާ ޝާހިދު ކަޕޫރު އޭނާގެ ލޯބިވެރިޔާ ކިއާރާ އަދުވާނީ އަށް ކަންތައް ކުރާ ގޮތް ބެލުމަށްފަހުގައި ކަމައް އިންޑިއާގެ ނޫސްތަކުން ބުނެއެވެ.

މި ފިލްމުގެ ޑައިރެކްޓާރ ސަންދީޕް ވަންގާ ބުނީ އޭނާގެ ދެ ފިލްމުންވެސް މީހަކު މަރަން ހިތްވަރުވެސް ނުލިބޭނެ ކަމަށެވެ. އަދި އެ މަންޒަރުތަކަކީ އެ އެކްޓަރުންގެ ހުނަރު ދައްކުވައިދޭ މަންޒަރުތަކެއް ކަމަށާއި އެ ފިލްމު ބަލައިގެން މީހަކު މަރާލަން ޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ ކަމައްވެސް ސަންދީޕް ވަންގާ ބުންޔެވެ.

އިންޑިއާގެ ބައެއް ނޫސްތަކުން ބުނާގޮތުގައި އެ އަންހެން ކުއްޖާ މަރާލާފައިވަނީ އެ ކުއްޖާ އެހެން މީހަކާ އިންނަން އުޅޭކަމުގެ ހަބަރު ލިބުމުންނެވެ. ނަމަވެސް އެކަން އެއްވެސް ނޫހަކުން ކަށަވަރު ކޮއްފައެއްނުވެ އެވެ. އެކަމާ ގޫޅޭގޮތުން ފިލްމު އުފައްދާ ފަރާތްތަކުން ބުނީ ފިލްމުގައި އެކަކުވެސް މަރާލާ މަންޒަރެއް ދައްކާފައި ނުވާ ކަމަށެވެ.

ޑައިރެކްޓާރ ސަންދީޕް ވަންގާ ބުނީ މި ދެފިލްމުގައިވެސް މީހަކު މަރާލާފައި ނުވާނެ ކަމަށެވެ. އަދި "ކަބީރު ސިންގް" އަކީ ތަމަޅަ ފިލްމު "އަރްޖުން ރެއްޑީ" ގެ ހިންދީ ރިމޭކެކެވެ. މި ދެ ވާޝަން ގައިވެސް ތަފާތު މޮޅު ތަރިންތަކެއް ފެނިގެން ދިޔައެވެ. އަދި ޑައިރެކްޓާ ސަންދީޕް ވަންގާ ބުނީ ރިމޭކް ގައި ހުންނާނި ކުރީ ފިލްމުގައި ރަނގަޅު ކުރަންޖެހޭ ކަންކަން ރަނގަޅުކޮއް އިތުރައް ފުރިހަމަ ކޮއްފައިކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު