އިނގިރޭސި ރާނީގެ ގަނޑުވަރުގައި މަސައްކަތް ކުރާނެ ބަޓްލަރެއްގެ މަގާމަށް މީހަކު ހޯދަން އިއުލާންކޮށްފިއެވެ.

މި މަގާމަށް ހޯދާ މީހުންގެ، ކަމާ ގުޅޭ ދާއިރާގެ ތަޖުރިބާ ނެތަސް އެންމެ ރަނގަޅެވެ. ހަފްތާއަކު ހަތް ދުވަހު މަސައްކަތް ކުރަން ޖެހޭނީ 45 ގަޑިއިރަށެވެ. ކުރަން ޖެހޭ މަސައްކަތަކީ ގަނޑުވަރުގައި ބޭއްވޭ ކުދި ހަފްލާތަކަށް އަންނަ މީހުންނަށް ޚިދުމަތް ދިނުމެވެ.

ޚަބަރުތައް ބުނާ ގޮތުގައި މި މަގާމަށް މުސާރަ ކަނޑައަޅާފައިވަނީ އިނގިރޭސި ވިލާތުގައި މުސާރަ ކަނޑައަޅާ އެންމެ މަދު މިންވަރަށްވުރެވެސް މަދުންނެވެ. އެންމެ މަދުން ގަޑިއަކު 10.55 ޕައުންޑު (208.40) ގެ މުސާރައެއް ދޭން ޖެހޭއިރު މި މަގާމުގައި ލިބޭނީ ގަޑިއަކަށް 8.96 ޕައުންޑު (177 ރުފިޔާ)ގެ މުސާރައެކެވެ.

މި މަގާމް ލިބުމުން ގަނޑުވަރުގެ ޚަރަދުގައި އެމީހާއަށް ބަޓްލަރު ކަމުގެ އިތުރު ތަމްރީނާއި ހުނަރު ދަސްކޮށްދޭން ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޖަހާންގީރު

    އިނގިރޭސީން ދެކެ ވ ލޯބިވާ ޔަހޫދީއެއް އުޅޭނެ ރާއްޖޭގަ އެކަލޭގެ ދާނެ ފްރީކޮށް

  2. ހުސޭނުބޭ

    ތިއީ ތި ގަނޑުވަރާ އަޅާބަލާއިރު ހާދަ ކުޑަކުޑަ މުސާރައެއް! އިގިރޭސި ރާނީ އެހުންނަނީ ލަގޮނޑީގައި ނާށިލާފައިކަން ޔަޤީނެވެ.

  3. ތުއްތުމަނިކެ

    މަށައްލިބޭނެނަމަ ދިޔައިމުސް. މި ފަސްގަޑުގަ މޑޕ މީހުން އުޅޭތީވެ އުޅެން ވަރައް ފޫހިވެ. އެމީހުންގެ ބޮަޑާ ކިބުރުވެރިކަމުން އުޅެން ވަރައްފޫހިވޭ.