އިންޑިއާގައި ބާއްވަމުން އަންނަ މިޝް ކޮހިމާ 2019 ގެ ދެވަނަ ރަނަ ރަޕްގެ ތަފާތު މެސެެޖެއް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީއާ ހިއްސާ ކުރީ މުބާރާތުގެ ތެރެއިންނެވެ.

ވިކުއޮނުއޯ ސަޗޫ ނަމަކަށް ކިޔާ އުމުރުން 18 އަހަރުގެ، މި ޒުވާނާ ކައިރިން އެ މުބާރާތުގެ ޖަޖަކު އަހަނީ، އޭނާ އާ މޯދީއާއި ވާހަކަދައްކާލަން ލިބިއްެޖެ ނަމަ އަހާނެ އެއްޗަކާއި ގުޅޭގޮތުންނެވެ.

"އަހަރެންނަށް މޯދީ އާ ބައްދަލުކުރަން އޭނާ ފުރުސަތެއް ދީފިނަމަ އަހަރެން އޭނާ ކައިރީގައި ބުނާނަން، ގެރިއަށް ދޭ ސަމާލުކަން އަންހެނުންނަށް ދިނުމަށް". ސަޗޫ މިގޮތަށް ބުނުމުން ގިނަބަޔަކު ހިނިގަނޑު ފަޅައިގެން ގޮސް، އޭނާގެ މެސެޖަށް ތަރުހީބެއް ދިނެވެ.

ސަޗޫ މިގޮތަށް ބުނި، މަންޒަރާއި، އަޑު ފެންނަ ވީޑިއޯއެއް މިހާރު މީސް މީޑިއާގައިވެސް ދަނީ ދައުރުވަމުންނެވެ.

މިސް ކޮހިމާ ކޮންޓެސްޓައިންގެ މި އަހަރު އޮތީ އޮކްޓޯބަރު މަހުގެ ފަސް ވަނަ ދުވަހު ކޮހިމާ ސިޓީގައެވެ.

އެ މުބާރާތުގެ އެއް ވަނަ ގޮސްފައި ވަނީ، އުމުރުން 23 އަހަރުގެ ޚްރެއިނުއޯ ލެއިޒިއެސްޓްސޫ އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޔިންޑިއާ

    ދެން އިންޑިއާގައި އަންހެނުންނަށް އޮތް އެންމެ ރައްކާތެރި ގޮތަކީ ގެރިއެއްގެ ބޮލުގެ ހަދާފަ ހުންނަ މާސްކް އަޅައިގެން އުޅުން.

    20
    1