ކޮންމެ މީހަކުވެސް ހަޔާތުގެ ކޮންމެވެސް ހިސާބަކުން ލޯބީގެ ގޮތުން މީސް މީހުންނާއި ގުޅެން ފަށަފައެވެ. ކޮންމެ ފަހަރަކުވެސް މިގޮތަށް މީހަކާއި ގުޅޭއިރު އެ ގުޅުން އުމުރުދުވަހަށް ދެމިއޮންނާނެ ކަމަށް އެންމެންވެސް އުއްމީދުކުރެއެވެ. ނަމަވެސް އެ ނަސީބު މިހާރު ލިބެނީ މަދު ބަޔަކަށެވެ.

ތިއީ މިގޮތަށް ލޯބީގެ ގޮތުން މީހަކާއި ގުޅިގެން އުޅޭ މީހަކުނަމަ އެމީހަކާއި ދިމާވިގޮތް ހަނދާން އެބަ ހުރި ހެއްޔެވެ؟ ބައެއް މީހުން ފޭސްބުކް އިންނާނައި އިންސްޓަގްރާމް ފަދަ މީސް މީޑިއާގެ ވަސީލަތްތަކުން ދިމާވެ، ރައްޓެހިވާއިރު، އަނެއްބަޔަކު ޕަޖްބީ އިންނާއި އެނޫންވެސް ގޭމްތަކުން ދިމާވެގެން ޒަވާޖީ ހަޔާތެއް ފަށާ ހިސާބަށްވެސް ދެއެވެ. ނަމަވެސް އެންމެ ގިނައިން މީހުން ލޯބީގެ ގޮތުން ގުޅޭނެ ބައިވެރިޔަކު ހޯދަނީ ކޮންމެވެސް ރައްޓެއްސެއްގެ ފަރާތުންނެވެ.

ރައްޓެއްސެއްގެ ފަރާތުން މީހަކާއި ލޯބީގެ ގޮތުން ގުޅުމަކީ އެހައި ބުއްދިވެރި ކަމެއް ނޫނެވެ. އެއީ މިގޮތަށް ކަންތައް ކުރުމުން ތިމާ އާއި ލޯބިވެރިޔާ އާއި މެދު ޖެހޭ މައްސަލަތަކުގެ ސަބަބުން ދެމީހުން ގުޅުމަށް އެހީވެދިން ރަހުމަތްތެރިޔާ އާއިވެސް މައްސަލަ ޖެހި، ގުޅުން ކެނޑޭ ހިސާބަށް ކަންތައް ދާތީއެވެ. މިއީ ދެން މީހަކާއި ރައްޓެހިވާއިރު ވިސްނާލުން ވަރަށް މުހިއްމު ކަމެކެވެ.

ހަމަ އެގޮތަށް، ރައްޓެހިވެގެން މިހާރު ތި އުޅޭ މީހާ އާއި ދިމާވި ގޮތް ހަނދާން ކުރުމަކީވެސް ވަރަށް މުހިއްމު ކަމެކެވެ. އެއީ ލޯބީގެ ގުޅުން އިތުރަށް އާލާވެ، ދެމީހުންގެ ގުޅުން އިތުރަށް ރަނގަޅުވެގެން ދާނެ ކަމެއް ކަމަށް ސައިކޮލޮޖިސްޓުން މައުލޫމާތު ދެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ކުއްޓި

  ފަރައް ބޮލި ހިލަން އަރާ އުޅެނިކޮއް

  20
  1
 2. ޟިފާޒް

  ދަތުރަކކު ގޮސް އުޅެނިކޮށް

  11
  1
 3. ބޮޑޭ ހުވާ

  ތިޔަކަމެއް ދިމާވިއިރަކު ނުހުރޭ ފޭސްބުކާ އެއްޗިސެއް. ގޮނޑުދޮށުގައި ގުދުއަޅައިގެން ތެލިދޮންނަން އޮށްވަ މަށާ ދިމާވީ.

  16
 4. ނޙސނ

  ނޭގި ކުރެވުން މެސަޖަކުން

  8
  2
 5. ލަމްހާ

  ސްކޫލުން

  7
  2
 6. ޕުއްޕު

  ޕުއްޕުލާން ތަށި މަތީގަ އިންދާ...

  1
  1