މި މަންމަގެ ހިތަށް ބިރުވެރިކަން ވެރިވެގެން ދިޔައީ ނިދާފައި އޮތް ދަރިފުޅު ކައިރީގައި އޮތް "ޖިންނި" ފެނިގެންނެވެ.

އެމެރިކާގެ ސްޓޭޓެއްގައި މި ހާދިސާ ހިނގިއިރު، އެ ކުއްޖާގެ މަންމަ މަރިޓްޒާ ނަމަކަށް ކިޔާ މި އަންހެން މީހާ ބުނިގޮތުގައި، މިދިޔަ ހުކުރު ދުވަހުގެ ރޭ ނިދާފައި އޮތް އޭނާގެ ދަރިފުޅު އޮތް ގޮތް ބެލީ ސްކްރީން މެދުވެރިކޮށެވެ. އޭނާ ބުނީ، ކުއްލިއަކަށް ލޮލުގައި އަޅަގައިގަތީ، އޭނާއަށް ހިނިތުންވުން ދައްކައިގެން ހުރި ކުޑަކުއްޖަކު ދަރިފުޅު ކައިރީގައި އޮތްތަން ކަމަށެވެ. އޭނާ ހީކުރި އެއީ ޖިންނިއެއް ކަމަށެވެ.

އެކަމާއި ހެދި އޭނާއަށް އެރޭ ނުނިދުނެވެ. ކޮންމެ ފަހަރަކު ދަރިފުޅަށް ވަމުންދާ ގޮތް ބަލަން އޭނާ ބޭނުންވިއެވެ. ނަމަވެސް ދަރިފުޅު ހޭލަފާނެތީ އޭނާ އެގޮތް ބޭނުން ނުވިއެވެ.

އެޭ ނުނިދާ އުޅުމަށްފަހު ހެނދުނު، އޭނާ އެންމެ ފުރަތަމަ ދިޔައީ ދަރިފުޅު ކައިރިއަށެވެ. އަދި އޭނާއަށް ވަނީ އެ އެނދުގައި، އޮތް "ޖިންނި"ކަމަށް ބުނާ އެތި ފެނިފައެވެ. އަދި އެއީ ޖިންނިއެއް ނޫންކަން އޭނާއަށް އެނގުނެވެ.

އެއީ އޭނާގެ ފިރިމީހާ އެ ގޮދަޑީގައި، ފޮތިގަނޑެއް އަޅާފައި ނެތުމުން، އެ ގޮދަޑީގައި ހަރުކޮށްފައި ހުރި ކުއްޖެއްގެ ފޮޓޯކަން އޭނާއަށް ވަނީ އެނގިފައެވެ.

މަރިޓްޒާ ބުނީ، އޭނާ ބިރުގަތީ، ސްކްރީނުން އެ މަންޒަރު ދެއްކި ގޮތުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އައްޕަ

    އަންމާ މަނެތް ބިރުން ގޮތެއް