ޗައިނާގައި ވިހެއި ކުޑަކުއްޖަކު މަރުވެފައިވާކަމަށް ލަފާކޮށް ވަޅުލާފައިވަނިކޮށް ސަލާމަތްކޮށްފިއެވެ.

ޚަބަރުތައް ބުނާ މިހާދިސާ ހިނގާފައިވަނީ ޗައިނާގެ ލައިވޫގައެވެ. އެކުއްޖާ ވަޅުލާފައި އޮއްވައި ފެނުނީ މަޝްރޫމް ހޯދަން ނިކުމެ އުޅުނު ބަޔަކަށެވެ. އަދި ފެނުނު އިރު ކުއްޖާ ވަޅުލާފައި އޮތީ ކަރުދާސް ފޮށިގަނޑަކަށް ލާފައި ކަމަށްވެސް ޚަބަރުތައް ބުނެއެވެ.

އެ ކުއްޖާ ފެނުނީ ލައިވޫގެ ޖަންގަލި ތެރޭގައި މަޝްރޫމް ހޯދަން ނިކުމެ އުޅުނު ދެ މީހަކަށެވެ. އެ ދެމީހުން ބުނެފައިވާ ގޮތުގައި ކުއްޖާ ފެނުނީ ބިމު އަޑިން އެއްޗެއް ގޮވާ އަޑު އިވިގެން އެސަރަހައްދު ކޮނުމުގެ ތެރޭގައެވެ.

އެމައްސަލަ ތަހުގީގު ކުރި ފަރާތްތަކުން ބުނި ގޮތުގައި ކުއްޖާގެ އާއިލާއިން އެކުއްޖާ ވަޅުލީ ކުއްޖާ ވިހެއި ދުވަހު އެވެ. އަދި ވަޅުލީ ކުއްޖާ މަރުވީ ކަމަށް ހީކޮށް ކަމަށްވެއެވެ.

ކުއްޖާ ސަލާމަތްކުރި އިރު އޮތީ ވަޅުލާފައިކަމަށްވީ ނަމަވެސް ކުއްޖާގެ ހާލު ރަނގަޅު ކަމަށް ޚަބަރުތައް ބުނެއެވެ. މިހާރު އެކުއްޖާ ވަނީ ކުއްޖާގެ މަންމައާ ހަވާލުކޮށްފައެވެ.

 

ކިޔުންތެރިންގެ ހިޔާލު