ހިތްފަޅައިގެން ގޮސްފައިވާ މަންމައެއް އޭނާގެ އަންހެން ދަރިފުޅާއި، ފިރިހެން ދަރިފުޅުގެ މަރުގެ ވާހަކަ ހިއްސާކޮށްފިއެވެ.

2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނުވަ ވަނަ ދުވަހު އުމުރުން 17 އަހަރުގެ ކުއިން ބީޑްލީ އަމިއްލައަށް މަރުވީ ދުރްހަމްގައި ހުންނަ ގޭގައި ދަންޖެހިގެންނެވެ. އޭގެ އަހަރެއް ނުވަނީސް އުމުރުން 21 އަހަރުގެ ޑިލޮން ބެޑްލީވެސް މަރުވީ މެންޗެސްޓާގައި ހުންނަ އޭނާގެ ގޭގައެވެ.

މި ދެ މީހުންގެ މަންމަ ޓްރޭސީ ބުނީ، ޑިލޮން މަރުވުމުގެ ކުރިން އުޅުނީ ވަރަށް ހާލުގައި ކަމަށެވެ.

"އޭނާ އުޅެމުންދިޔައީ ވަރަށް ހާލުގައި، ކޮއްކޮގެ މަރާއެކު އޭނާއަށް އަށް ނުވެސް އުޅެވުނު". ޓްރޭސީ ބުންޏެވެ.

ޑީލޮން މަރުވި ރޭގެ ކުރިން، އޭނާގެ ގޭގައި އުޅެމުން އަންނަ އެހެން މީހަކު ބުނިގޮތުގައި، އޭނާ އެރޭ އުޅުނީ ނެށުމާއި، ސަކަރާތުގައި ކަމަށެވެ. އަދި އެ މީހުން ނިދަން ދިޔައީވެސް ވަަރަށް ލަހުން ކަމަށް އޭނާ ބުންޏެވެ.

އަދި އެރޭ ޑީލޮން މަންމައަށްވެސް މެސެޖެއް ކުރިއެވެ.

އޭގެ އަނެއް ދުވަހު ޑީލޮން މަރުވެފައި އޮއްވާ ފެނުނީ އޭނާގެ ރަހުމަތްތެރިޔާއަށެވެ. އޭނާ ވަގުތުން، އެމްބިއުލާންސްއަށް ގުޅާ، އޭނަގެ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔައެވެ. އެއިރު އޭނާ މަރުވެފައިވާކަމަށް ވެއެވެ.

ބޭރުގެ ނޫހަކަށް މައުލޫމާތުދެމުން ޓްރޭސީ އާއި އޭނާގެ ފިރިމީހާ ބުނީ، ޑީލޮން މަރާއެކު އެ މީހުންނަށްވެސް އުނދަގޫ ކަމަށެވެ.

"އެ ކުދިންނާއި އަހަރެމެންގެ މުޅި ދިރިއުޅުން އަނދިރިވެއްޖެ. އަހަރެމެންގެ ހިތްތައް ފަޅައިގެން ގޮސްފި". ޓްރޭސީ ބުންޏެވެ.

ޓްރޭސީ ބުނީ، ޑީލޮން މިފަދަ ގޮތަކަށް ކަންތައްކޮށްފާނެ ކަން އޭނާއަށް ހީވި ކަމަށެވެ. އެއީ އޭނާއަކީ ކޮއްކޮދެކެ އިންތިހާއަށް ލޯބިވާ މީހަކަށް ވާތީއެވެ.

ޓްރޭސީގެ އަންހެން ދަރިފުޅު ކުއިން މަރުވީ ޑިޕްރެޝަންގައި އުޅުމަށްފަހުއެވެ. އޭނާ މަރުވީ ގަހެއްގައި ދަން ޖެހިގެންނެވެ. އޭނާ މަރުވުމުގެ ކުރިން އާއިލާއަށް އެކަން އެންގި ކަމަށް ވެއެވެ. ނަމަވެސް އޭގެ 20 ވަރަކަށް މިނިޓު ފަހުން އޭނާގެ ބައްޕައަށް ގެއަށް ދެވުނުއިރު، ގޭގައި ތިބީ ފުލުހުން ކަމަަށް ރިޕޯޓްތައް ބުނެއެވެ.

ޓްރެސީ ބުނީ، ދަރިންނާއި ނުލާ އޭނާގެ މުޅި ދިރިއުޅުން ފަޅުވެއްެޖެ ކަމަށެވެ. އަދި އޭނާއަދިވެސް އެ ހިތާމަ ކުރަމުން އަންނަ ކަމަށް އޭނާ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު