މާބަނޑު އިރު މަދުން ނުނީ ދިމާނުވާ ހާލަތެއް ދިމާވި އަންހެނަކު ބަނޑަށް ފަސް މަހުގައި ވިހައިފިއެވެ.

ޚަބަރުތައް ބުނާ ގޮތުގައި އެއަންހެން މީހާ ވިހެއީ ބަނޑު ތެރޭގައި ދަރިފުޅަށް ބޭނުންވާ ވަރަށް ލޭ ފޮނުވައިނުދޭތީ އެމެޖެންސީގައެވެ.

އީބޮނީ ބެންޑަރ ނަމަކަށް ކިޔާ އެ އަންހެންމީހާ އަށް އެ ހާލަތު މެދުވެރިވީ އޭނާއަކީ ލޭމަތިވާ ބަލި ހުންނަ މީހަކަށްވާތީއެވެ. އެކަމުގެ ސަބަބުން ދަރިފުޅަށް ބޭނުންވާ ވަރަށް ލޭ ފޮނުވައި ދިނުމަށް ހުރަސްތަކެއް ދިމާވެ ކުއްލިއަކަށް ވިހަން ޖެހުނީއެވެ. އޭރު އެކަމުގެ ސަބަބުން ކުއްޖާގެ ހެދިބޮޑުވުމަށް އަސަރުކުރާ ކަން ޑޮކްޓަރަށް އޮތީ ފާހަގަކުރެވިފައެވެ.

ދުވަސް ނުފުރާ ވިހެއި ކުއްޖާއަކީ އެ ދެމީހުން އަންހެން ދަރިއަކު ހޯދަންވެގެން އުޅޭތާ ގިނަ ދުވަސްތަކެއްފަހުން ލިބުނު ކުއްޖެއް ކަމުން ރަނގަޅު ސިއްޙަތުގައި ކުއްޖާ ދުނިޔޭގައި ހުރުމަށް އެ ދެމަފިރިން ބޭނުންވިއެވެ. އޭރު އޭނާގެ ތިން ފިރިހެން ކުދިން ތިއްބެވެ. އެހެން ކަމުން ބަނޑަށް ފަސް މަހުގައި ކުއްޖާ ވިހެއުމަށްފަހު އެންއައިސީޔޫގައި ކުއްޖާއަށް ފަރުވާ ދިނުމަށް ނިންމިއެވެ. އެގޮތުން އެންއައިސީޔޫގައި 150 ދުވަހު ފަރުވާ ދީގެން ކުއްޖާވަނީ މިހާރު ގެއަށް ބަދަލުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު