ފިރިހެނުން ގިނައިރު މަސައްކަތުގައި އުޅޭނަމަ ތަަލަވުމުގެ ފުރުސަތު ބޮޑުކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

އޭނަލްސް އޮފް އޮކިއުޕޭޝަނަލް އެންޑް އެންވައިންމެންޓަލް މެޑިސިން ޖާނަލްގައި ޝާއިރުކޮށްފައިވާ މިދިރާސާގައި ބުނެފައިވަނީ، އޮފީހުގައި 52 ގަޑިއިރަށް ވުރެ އިތުރަށް މަސައްކަތް ކުރާ މީހުން ތަލަވުމުގެ ފުރުސަތު، 40 ގަޑިއިރަށްވުރެ މަދުން މަަސައްކަތް ކުރާ މީހުންނާއި އަޅާބަލާއިރު ދެ ގުނަ ދަށް ކަމަށެވެ.

13،000 މީހުންނާއެކު ކުރި މިދިރާސާކޮށްފައިވަނީ ސައުތްކޮރެއާގެ އޮފީސްތަކުގައި އުޅޭ މީހުން ބައިވެރިކޮށްގެނެއެވެ. މިދިރާސާގައި އިސްކޮށް ހަރަކާތްތެރިވި ކިއުން ހުންސަން ބުނެފައިވަނީ މަސައްކަތުގެ މާހައުލުގައި ހާސްވެ ކަންބޮޑުވުމުގެ ސަބަބުން ހަށިގަނޑުގައި އުފެދޭ ވަކި ހޯމޯންނެއްގެ ސަބަބުން މީހާގެ އިސްތަށިގަނޑު ތަލަވުމަށް މަގުފައިވާ ކަމަށެވެ. އަދި މި ހޯމޯންގެ ސަބަބުން އިސްތަށިތަކުގެ ބުޑު ވަރުދެރަވެ، އާ އިސްތަށި ފެޅުމުން މަނާ ކުރާ ކަމަށްވެސް މިދިރާސާގައި ބުނެފައިވެއެވެ.

މިދިރާސާ ހެދި ޓީމުން ބުނެފައިވަނީ އޮފީހުގައި ގިނަ ވަގުތު މަސައްކަތް ކުރުމާއި ތަލަވުމާއި ދެމެދު އޮންނަ ގުޅުން ދެނެގަތުމަށް ހެދި މިދިރާސާގައި ބައެއް އިތުރު ކަންކަމަށްވެސް އަލި އަޅުވާލި ކަމަށެވެ. މިގޮތުން މިދިރާސާއިން ދައްކާގޮތުގައި ގިނަ ވަގުތު އޮފީހުގައި އުޅުނު ކަމުގައިވީނަމަވެސް ގޭތެރޭގައި ރަނގަޅު މާހައުލެއްގައި އުޅޭނަމަ ބޮލުގެ އިސްތަށި ފޭބުން ނުވަތަ ތަލަވުމާ ދުރެވެ.

އެހެން ނަމަވެސް ތަލަވުމާއި އޮފީހުގައި ހޭދަ ކުރާ ވަގުތާއި ގުޅުމެއް ވާތީ، އޮފީހުގައި އުޅޭ ވަގުތުތައް މަދު ކުރުމަށް މިދިރާސާ ހެދި ފަރާތުންވަނީ ގޮވާލާފައެވެ.

ރާއްޖޭގައި އާއްމުކޮށް އޮފީސްތަކުގައި ހަފްތާއަކު ހޭދަކުރަނީ 40 ގަޑިއިރުކަން ފާހަގަކޮށްލެވެ އެވެ.

ކިޔުންތެރިންގެ ހިޔާލު