ނިދާއިރު ފޯނު ޗާޖަށް ޖަހާފައި ކައިރީ ނުބޭއްވުމަށް އަބަދުވެސް މީހުން ބުނަމުން ދެއެވެ. ބައެއް މީހުން ބުނަނީ މިހެން ފޯނު ޗާޖަށް ޖަހައިގެން ނިދާފައި އޮއްވާ ފޯނު ގޮވާފާނެ ކަމަށެވެ. އެހެނަސް މިފަހަރު ފޯނު ޗާޖަށް ޖަހައިގެން ނިދާފައި އޮއްވާ ފޯނު ގޮވީކީ ނޫނެވެ. ދިމާވީ އެއަށްވުރެވެސް ހިތާމަވެރި ކަމެކެވެ.

ފިރިމީހާ ފޯނު ޗާޖަށް ޖަހައިގެން ނިދާފައި އޮއްވާ، އޭނާގެ އަންހެނުން ފޯނު ބަލާފައި ރުޅި އައިސްގެން ފިރިހެންމީހާގެ މޫނުމަތި ފަޅާލައިފިއެވެ. މިކަން ހިނގާފައިވަނީ މިދިޔަ ހަފްތާގެ ތެރޭގައި ފްލޮރިޑާގައެވެ.

މޫނުގައި ބެންޑޭޖް އަޅާފައިވާ ފޮޓޮއަކާއި އެކު، އެ ފިރިހެން މީހާ ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ މިއީ ފޯނު ޗާޖަށް ޖަހައިގެން ނިދާފައި އޮއްވާ، އޭނާގެ އަންހެނުން އެ ފޯނު ބެލުމަށްފަހު ކޮށްލި ވަރު ކަމަށެވެ. އަދި މީގެ ކުރިން އަބަދުވެސް އިވެނީ ފޯނު ޗާޖަށް ޖަހައިގެން ނިދާފައި އޮއްވާ ފޯނު ގޮވާފާނެޔޭ ކިޔާ އަޑު ކަމަށާއި، އެހެނަސް މިފަހަރު މޫނުމަތީ ފަޅާލީ ކަމަށެވެ.

އެ ޓްވީޓަށް، އަންހެނުންނަށް ފޯނުން ފެނުނީ ކޮން އެއްޗެއްތޯ އަހާ މީހަކު ކޮށްފައިވާ ކޮމެންޓެއްގެ ޖަވާބުގައި އޭނަ ބުނެފައިވަނީ، އޭނާގެ އަންހެނުންނަށް ފެނުނީ، ސިއްރު ލޯބިވެރިޔާއަށް ކޮށްފައިވާ މެސެޖުތަކެއް ކަމަށެވެ. އަދި އޭނާއަށް އެވަރު ބޮޑު އަނިޔާއެއް ކުރީ، އެ ފިރިހެން މީހާގެ ސިއްރު ލޯބިވެރިޔާއަކީ، އޭނާގެ އަންހެނުންގެ "ބެސްޓް ފްރެންޑް" ކަން އެނގުމުންނެވެ.

އެ ފިރިހެން މީހާ އިތުރަށް ބުނީ، މި މައްސަލައާ ގުޅިގެން، އޭނާގެ އަންހެނުން މިހާރު ވަރިވާން އެދެމުން އަންނަ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޝުކުރު

    ކުރީވަރު އަދި ކުޑައީ.އެއަށްވުރެ ބޮޑުވަރު ނުކުރީކަމަށް ޝުކުރު އަދާކޮށްލާ.ދުނިޔެވެރިވިކަންވެސް ކަލޭގެ ނަސީބު.އަދި މާރީތި ކަމަކަށް ހަދާފަ އެންމެންނަށް ގާތު އެބަކިޔައެއްނު

    36
    4