ޗައިނާގެ ކާނާ އާއި ޗޮކްލެޓް ވިއްކަމުން ދިޔަ ތަނެއްގައި މަސައްކަތް ކުރަމުން ދިޔަ އަނަހެނަކު ކައިވެނި ކުރުމުގެ ކުރިން ބަރުދަން ލުއިކުރުމަށް ހަމައެކަނި ޗޮކްލެޓް ދޫކޮށްލުމުން ބަރުދަނުގެ ދެބައިކުޅަ އެއްބައި ލުއިވެއްޖެއެވެ.

ގެމާ ޑޮބިން ނަމަކަށްކިޔާ 32 އަހަރުގެ އެ އަންހެން މީހާ އަކީ އިންގްލޭންޑުގެ ރައްޔިތެކެވެ. އޭނާ ޗައިނާގެ ކާނާ އާއި ޗޮކްލެޓް ވިއްކަމުން ދިޔަ ތަނެއްގައި މަސައްކަތް ކުރަމުން ދިޔަ އިރު ބަރުދަނުގައި 107 ކިލޯ ހުއްޓެވެ. ގެމާ ބުނެފައިވާ ގޮތުގައި ބަރުދަން ލުއި ވުމުގެ ކުރިން ރަހުމަތްތެރިންނާ އެކު ބޭރަށް ދިއުމުންވެސް އޭނާ ވަނީ ނުކުޅެދިފައެވެ. ސަބަބަކީ އޭނާގެ ބިޔަ ހަށިގަނޑަށް ހެޔޮވަރުގެ ރީތި އަންނައުނު ހޯދުމަކީ އުނދަގޫ ކަމެއް ކަމަށް އޭނާ ވަނީ ބުނެފައެވެ.

އެހެން ނަމަވެސް ކައިވެނި ކުރާނެ ތާރީހެއް ކަނޑައަޅައި އުންމީދުކުރާ ފަދަ ރީތި ވެޑިން ޑްރެސް އެއް ލުމަށްޓަކާ އޭނާ ބަރުދަން ލުއިކުރުމަށް އަޒުމު ކަނޑައެޅިއެވެ. އެއަށްފަހު ޗޮކްލެޓް ކެއުމާއި މުޅިން ދުރުވެ ކުރި މަސައްކަތުން ކައިވެނީގެ 2 ހަފްތާގެ ކުރިން ގާތްތިމާގެ މީހުންނާ ބައްދަލު ކުރުމުން އެމީހުންނަށް ގެމާ ވަކިކުރަންވެސް ނޭންގުން ކަމަށް އޭނާ ވަނީ ބުނެފައެވެ.

ގެމާ ބުނި ގޮތުގައި ކައިވެނި ކުރުމަށް އޭނާ ގަތީ އޭނާ އަށް ހެޔޮވަރު ސައިޒާ އަޅައިބަލާ އިރު އެތައް ގުނައެއް ކުޑަ ވެޑިން ޑްރެސް އެކެވެ. އަދި އެ ހެދުން ގަތް ދުވަހުން ފެށިގެން މައިދައިތަ ދިރިއުޅެމުން ދިޔަ ގޭގައި ރައްކާކޮށް އެހެދުން ލެވޭ ވަރަށް ބަރުދަން ލުއި ކުރުމަށް މަސައްކަތް ކުރުމަށް އޭނާ ގަސްތުކުރިއެވެ.

ޗޮކްލެޓަކީ އޭގައި ގިނަ އަދަދެއްގެ ހަކުރު އެކުލެވިގެންވާ ބާވަތެއް ކަމުން އެ އާންމުކޮށް ކައި އުޅޭ މީހަކު ނުކައި ހުއްޓައިލައިފި ނަމަ ހަށިގަނޑުގެ ބަރުދަން ލުއިވާނެ ކަމާއިމެދު ޝައްކެއް ނެތެވެ. ގެމާ ފަދައިން ކައިވެނީގެ ބޮޑު ދުވަހަށް ހަށިގަނޑު ހިއްކާލަން ބޭނުންވާ ކޮންމެ މީހަކަށް މިއޮތީ މޮޅު ގޮތެކެވެ. ޗޮކްލެޓާއި އެހެނިހެން ފޮނުކާތަކެތި ނުކައި ހުއްޓާލާށެވެ.

ކިޔުންތެރިންގެ ހިޔާލު