ހަންގަނޑު ރީތިކޮށް ބެހެއްޓުމަކީ ކޮންމެ މީހަކުވެސް ބޭނުންވާނެ ކަމެކެވެ. ހާއްސަކޮށް އަންނެހުންނެވެ. އެގޮތުން ކިކުކަންބާއަކީ ހަމުގެ ދުޅަހެޔޮކަށް އިތުރުކޮށްދީ ތާޒާކަން އިތުރުކޮށްދޭ ފައިދާކުރި ތަރުކާރީއެކެވެ.

ގުދުރަތީ ތަކެތި ބޭނުންކޮށްގެން ހަންގަނޑުގެ އުޖާލާކަށް އިތުރުކޮށްދޭއިރު އެތަކެއްޗަކީ ބޭނުންކުރުމަށްވެސް ފަސްނުޖެހޭނެ ތަކެއްޗެވެ.

މިއީ އަވިން ލިބޭ ގެއްލުމުން އެހީވެދޭ ޕޭސްޓެކެވެ. ޕޭސްޓް ތައްޔާރުކޮށްލުމަށް ކިޔުކަންބާ ފޮތިކޮޅެއް މުގުރާލުމަށްފަހު އާދައިގެ ޔޯގަޓްކޮޅެއް އަޅާ އެއްކޮށްލުމަށްފަހު މޫނުގައި ހާކާށެވެ. އަދި 15 މިނެޓް ބެހެއްޓުމަށްފަހު ފިނިފެނުން ދޮވެލާށެވެ. ހަންގަނޑު އުޖާލާކޮށްދީ ހަންގަނޑު އަލިކޮށްދޭނެއެވެ.

ހެނދުނު ހޭލާއިރު ލޯ ކައިރި ފުއްޕައިފަ ހުރުމަކީ ބައެއްފަހަރު ދިމާވާ ކަމެކެވެ. އަދި ނިދި މަދުވުގެ ސަބަބުން ލޯ ކައިރި ކަޅުވެފައި ހުރުމަކީ ވަރަށް ގިނައިން ފެންނަ ކަމެކެވެ. ދެ ފޮތި ކިޔުކަންބާ ފިނިކޮށްލުމަށްފަހު ލޯ މަތީގައި 8 ވަރަކަށް މިނެޓް ވަންދެން ބާއްވާލާށެވެ. ހަފްތާއަކު މިގޮތަށް ކަންތައް ކޮށްލުމުން ތަފާތު ފާހަގަވާނެ އެވެ.

ހަނގަނޑުގެ ރީތިކުރުމަށް ކިޔުކަންބާ ބޭނުންވަނީ ހަމައެކަނި މޫނުގައި ހާކަށް ތައްޔާރުކޮށްލައި ޕޭސްޓަކުން ނޫނެވެ. ކިޔުކަންބާ ފެނަކީވެސް ހަށިގަނޑަށް ފައިދާހުރި ބުއިމެކެވެ. ތައްޔާރުކޮށްލަށް ބޭނުންވާނީ 8 ލީޓަރު ފެނަށް 2 ކިޔުކަންބާ އާއި ކުޑަ ލޮނުކޮޅެކެވެ. ކިޔުކަންބާ ފެންފުޅިއެއް ތެރެއަށް ތުނިކޮށް ކޮށާލުމަށްފަހު ލޮނުއެޅުމަށްފަހު އެއްކޮށްލުމުން ކިޔުކަންބާ ފެން ތައްޔާރުވީއެވެ. މިއީ ފިނިކޮށްގެން 3 ދުވަހަށް ބޭނުންކުރެވޭނެ އެވެ. އަދި މި ބުއިމުން ހަށިގަނޑު ތާޒާކޮށްދީ، ހަންގަނޑުން ކުރަކި ކަން ފިލުވައިދޭނެ އެވެ.

ކިޔުންތެރިންގެ ހިޔާލު