ކުއްތާއެއް ދެ މީހަކު އަރުވައިގެން ސައިކަލެއް ދުއްވާ ވީޑިއޯ އެއް މީސް މީޑިއާގައި މީހުންގެ ސަމާލުކަން ހޯދައި އާއްމު ވެއްޖެއެވެ.
ދައުރުވަމުން އަންނަ ވީޑިއޯއިން ފެންނަ ގޮތުގައި އެ ސައިކަލުގައި ކުއްތާ ލައގެން 2 މީހަކު ތިބެއެވެ. އެތަނުން ކުއްތާ ހުންނަނީ ސައިކަލުގެ ކުރީގައެވެ. އަދި ވަކި ހިސާބަކަށް ދުއްވަމުން ގޮސް އެ ސައިކަލު އަސްލު ދުއްވަން ހުރި ފަރާތުން ކުއްތާ އާއި ސައިކަލުގެ ހުންގާނު ހަވާލުކޮށްލުމުން އެ ކުއްތާ ވަކި ހިސާބަކަށް ދުއްވާފައި ދެއެވެ.
މިކަހަލަ މަންޒަރުތަކަކީ އަހަރުމެންގެ ތެރޭގައި ވަރަށް ގިނައިން އިންޓަނެޓްގެ ޒަރިއްޔާއިން ފެންނަމުން އަންނަ މަންޒަރުތަކެވެ. ބައެއް ފަރާތްތަކުން ބުނަމުން އަންނަނީ އެ ކުއްތާ އަކީ ސައިކަލު ދުއްވަސް ދަސްކޮށްދީފައިވާ ކުއްތާއެއް ކަމަށެވެ. އެގޮތަށް އެފަރާތުން ބުނަމުން އަންނަނީ ރާމާ މަކުނު ވެސް ދަސްކޮށްދީފައި ދޫކޮށްލުމުން ސައިކަލާއި ބައިސްކަލް ފަދަ ތަކެތި ދުއްވަމުން އަންނާތީ އެވެ.
މިހާރު ދައުރު ވަމުން އަންނަ ވީޑިއޯ އެތަކެއް ސަތޭކަ ބަޔަކު ވާނީ އެކި ތަންތާގައި ޝެއާކޮށްފައެވެ. ބައެއް ފަރާތްތަކުން އެ ވީޑިއޯ ޝެއާ ކުރަމުން ބުނެފައިވަނީ އެކަހަލަ މަންޒަރުތަކަކީ އެއްވެސް ގޮތަކަށް ރަނގަޅު މަންޒަރެއް ނޫން ކަމަށާއި، ކަމެއް ދިމާވެއްޖެއްޔާ އޭގައި ދެންތިބި 2 މީހުންގެ ފުރާނައަށް ނުރައްކާތެރިވާނެ ކަމަށެވެ.
އަދި ބައެއް ފަރާތްތަކުންނަށް އެމަންޒަރުވީ މަޖާ ކަމަކަށެވެ. އެގޮތުން އެފަރާތްތަކުން ބުނެފައިވަނީ ފަހު ޒަމާނުގައި ކުއްތާތައް ކާރު ތަކުގައި ޓެކްސީގެ ހިދުމަތްވެސް ދެމުން އަންނާނެ ކަމަށެވެ.
ޅިނކު ކޮބާތަ
ކަލޭމެން އެބަލައިގެން އެގޮތަށް ދުއްވަފާނެތީ ލިންކު ދެވޭކަށް ނެތް