އަންހެނެއްގެ ހަޔާތުގައި އަންނާނެ އެންމެ އުފާވެރި އެއް ވަގުތަކީ ދަރިއަކު ލިބޭ ވަގުތެވެ. ނަމަވެސް، އެމެރިކާގެ އަންހެނަކަށް ކަންތައް މެދުވެރިވީ ހިތާމަވެރި ގޮތަކަށެވެ.

މިޗިގަން އަން ނިސްބަތްވާ އުމުރުން 31 އަހަރުގެ ވައިލް ކެމްރޭ އޭނާގެ ފުރަތަމަ ދަރިފުޅު ވިހެއީ އެމެންޖެންސީ ކޮށް، ދުވަސް ނުފުރައި ސީ ސެކްޝަނެއް ހެދުމަށް ފަހުގައެވެ. ކެމްރޭ އޭނާ ވިހަން ދުވަސްކޮޅަކަށް ވުމާއި ހަމައަށް އެއްވެސް ކަމެއް ގޯސްކޮށް ވާކަމެއް އެނގިފައެއް ނުވެއެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔައީ ކުއްލިއަކަށް ހޮޑުލާން ފަށައި ފިޓު ޖެހެން ފެށުމުންނެވެ.

ކެމްރޭގެ ފިރިމީހާ ދަރިފުޅާއި އެކު

ކޮންމެއަކަސް، ހޮސްޕިޓަލަށް ގެންދެވުމާއި އެކު ޑޮކްޓަރުން ކާމިޔާބު ކަމާއި އެކު އޭނާގެ ދަރިފުޅާއި ކެމްރޭވެސް ސަލާމަތް ކޮށްފައެވެ. ފަހުން ހެދި ޓެސްޓުތަކުން އެނގުނު ގޮތުގައި އޭޏާ ފިޓު ޖެހުނު ވަގުތު ސިކުނޑިއަށް ލިބުނު ޝޮކުތަކުގެ ސަބަބުން ލޯންގް ޓާމް އަދި ޝޯޓް ޓާމް މެމޮރީވެސް ވަނީ ގެއްލުންވެފައެވެ. މާނަ އަކީ އޭނާގެ ހަނދާނުން ހުރިހާ ކަމެއް ފޮހެވިގެން ދިޔައީއެވެ.

ޕްރީކްލެމްޕްސިއާ ކިޔާ ވަރަށް މަދުން ނޫނީ ފެންނަ ވައްތަރުގެ ބައްޔެއް ކެމްރޭ އަށް ޖެހުމާއި އެކު އޭނާ އަށް ވިހެއުމުގެ ކުރިން ވީ އެއްވެސް ކަމެއް ހަނދާނެއް ނުހުރެއެވެ. އަދި މިހާރުވެސް ވަރަށް އަވަހަށް ކަންކަން ހަނދާން ނެތެއެވެ. އޭނާ އަށް ފިރިމީހާ ސްޓީވް އަކީ ކާކު ކަމެއްވެސް ނޭނގެއެވެ. ނަމަވެސް ކެމްރޭ ބުނެފައި ވަނީ ސްޓީވް އަކީ ކާކުކަން ނޭނގުނު ނަމަވެސް، އޭނާ ދެކެ ވަރަށް ލޯބިވާކަން އެނގޭ ކަމަށެވެ.

ސްޓީވް އަދި ކެމްރޭ

ކެމްރޭގެ ހަނދާން ފޮހެވިގެން ދިއުމާއި އެކު ސްޓީވް އޭކަން އިއާދަކުރުމަށް ކުރި ހުރިހާ މަސައްކަތެއް ވަނީ ބޭކާރުވެގެން ގޮސްފައެވެ. މިއާއި އެކު އޭނާ ވަނީ ފަހު ކަމެއްގެ ގޮތުން އޭނާ އާއި ކެމްރޭގެ ލޯބީގެ ހަޔާތާއި، ކެމްރޭ ހަނދާނުގައި ކޮންމެހެން ބަހައްޓަން ޖެހޭ ކަންކަން ހިމެނޭހެން ފޮތެއް ލިޔެފައެވެ.

މަޑުމަޑުން ކެމްރޭ ރަނގަޅުވަމުން އަންނައިރު، އޭނާގެ ހަނދާނުން ހުރިހާ ކަމެއް ފޮހެވިފައިވާކަން ގަބޫލު ކުރީވެސް 2 އަހަރު ފަހުންނެވެ. އެކަން ގަބޫލު ކުރެވުމުން އޭނާ ވަރަށް ހިތާމަކުރިއެވެ. ނަމަވެސް، މިހާރު އޭނާ އަށް ކުރިން އެންމެ ރީތި ލަވައިގެ ނަންވެސް ވަނީ ކޮބައިކަން އަމިއްލަ އަށް ހަނދާން ކޮށްފައެވެ.

ސްޓީވް އޭނާގެ އަނބިމީހާ އަށް ލިޔެދިން ފޮތް ބޮޑު އެހީއަކަށް ވެފައި ވާއިރު، ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އެއީ ވަރަށް ރޮމޭންޓިކް ކަމެކެވެ. އަދި ކޮންމެ ފިރިހެނަކުވެސް އެހެން ވާން ޖެހޭނޭ ކަމަށް މީހުން ބުނެއެވެ.