އެކްސިޑެންޓެއްގައި ކޯރަކަށް ވެއްޓުނު ކާރެއްގެ ތެރޭގައި ހުރި ތުއްތު ކުއްޖަކު ސަލާމަތް ކޮށްފިއެވެ.

މި ހާދިސާ ހިނގާފައިވަނީ އިންޑިއާގެ މަދްޔާ ޕްރަދޭޝްގައި 5 މީހަކު ގޮވައިގެން ދަތުރުކުރި ކާރެއް، އެހެން ކާރެއްގައި ޖެހިގެންނެވެ.

މަންޒަރު ދުށް ފަރާތްތަކުން ބުނެފައިވަނީ އެއް ކާރު ދިޔައީ ވަރަށް ބާރަށް ކަމާށައި، ދެ އުޅަނދުވެސް ދިޔައީ ހަނި ފާލަމެއްގެ މަތިންކަމަށެވެ. އަދި ދެ ކާރު ނުޖެހޭގޮތަށް އެއްކާރު ވަނީ އަނބުރަންވެސް މަސައްކަތް ކޮށްފައި ކަމަށް އޭނާ ބުނެފައިވެއެވެ.

މި އެކްސިޑެންޓް ހިނގައި ފަސް މީހުން ގޮވައިގެން ދިޔަ ކާރު ކޯރު ތެރެއަށް ވެއްޓުމުން އޭގައި ތިބި 4 މީހުން ވަނީ ބޭރަށް ނިކުމެފައެވެ. އެހެން ނަމަވެސް އޭގައި އެވަގުތު ހުރި ތުއްތު ކުއްޖާ ވަނީ ކާރުގެ ތެރޭގައި ކަމުން އެތަނުން މީހަކު ވަނީ ތުއްތު ކުއްޖާ ސަލާމަތް ކުރަން ކޯރު ތެރެއަށް ފުއްމާލާފައެވެ. އަދި ކުއްޖާ ސަލާމަތް ކޮށް އެއްގަމުގައި ތިބި މީހުންނާއި ކުއްޖާ ހަވާލު ކޮށްފައިވާ ކަމަށްވެސް މައުލޫމާތު ދިން ފަރާތުން ބުނެފައިވެއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ބޮޑު އަނިޔާއެއް ވެފައި ނުވެއެވެ. އެހެން ނަމަވެސް ބާރު މިނެއްގައި ދުއްވާފައި އައި ކާރުގެ ވެރިފަރާތް މިހާރު ފުލުހަށް ހާޒިރުކޮށް ބަޔާން ނަގާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މިހާދިސާ ހިނގި ގޮތް ދައްކުވައިދޭ ވީޑިއޯ އެއް މިހާރު މީސް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އަދި ތުއްތު ކުއްޖާ ސަލާމަތް ކުރި ފަރާތައް ގިނަ ބަޔަކު އަންނަނީ ޝުކުރު އަދާކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު