ރޯދަމަހު ސުފުރާމަތި ފަޅު ފިލުވާލާ ކަރަލަކީ އެއިން ގިނަ ގުނަ ފައިދާތަކެއް ލިބޭ މޭވާއެކެވެ. މިއީ ތަފާތު މަޢުދަންތަކާއި، ވިޓަމިންތައް އަދި ވެސް ހަށިގަނޑަށް ފައިދާހުރި އެތައް މާއްދާތަކަކުން މުއްސަދިވެފައިވާ މޭވާ އެކެވެ. ފަނިގިރައިގެންނާއި ފޮތިކޮށްގެން ކާ މިމޭވާގެ ސިއްޙީ ފައިދާތަށް ތިރީގައި އެވަނީއެވެ.

ހޫނުވެގެން ސްޓްރޯކްޖެހުމުން ރައްކާތެރިކޮށްދިނުން : ކަރާ އަކީ ހަށިގަނޑުގެ ފިނިހޫނުމިން ދަށްކޮށްދީ، ލޭގެ ޕްރެޝަރު ވެސް ދަށްކޮށްދޭ އެއްޗެކެވެ. ހޫނު ގައުމުތަކުގައި އުޅޭ މީހުން ހޫނު މޫސުމުގެ ދުވަސްވަރު، ކޮންމެ ދުވަހަކު މެންދުރުފަހު، ކަރާ ކައިއުޅެއެވެ. އެއީ ހޫނުގެ ސަބަބުން ސްޓްރޯކްޖެހުން މެދުވެރިވިޔަ ނުދިނުމަށްޓަކައެވެ.

ހަކުރު ބަލި : ހަކުރު ބަލީގެ މީހުންނަކީ ކެއުމުގައި ވަރަށް ބަލައިގެން އުޅެންޖެހޭ ބައެކެވެ. އެގޮތުން ކެއުމުގައި ހަކަތައާއި ކެލޮރީ މަދު، ހަކުރު މަދު ކެއުމެއް ޚިޔާރުކުރަން ޖެހެއެވެ. އަދި ރަގަޅަށް ނުކެވޭތީ މިފަދަ މީހުން އަބަދުވެސް ބަނޑުހައިވެގެން އުޅޭކަމުގެ ޝަކުވާ ކުރެއެވެ. މިފަދަ މީހުންނަށް ކަރާ އަކީ ރަގަޅު ކެއުމެކެވެ. ފޮނި ރަހަލާ ނަމަވެސް، ކަރާއިން ލިބޭނީ ވަރަށް މަދު މިންވަރެއްގެ ކެލޮރީ އެކެވެ. އަދި މީގެ އިތުރުން ކަރާގައި ހިމެނޭ ވިޓަމިންތަކާއި ޕޮޓޭސިއަމް އަދި މެގްނީޒިއަމް ފަދަ މައުދަންތަކަކީ އިންސިއުލިންގެ މަސައްކަތް ރަަގަޅުކޮށް، ލޭގައި ހަކުރުގެ މިންވަރު ދަށްކުރުމުގައި އެހީތެރިވެދޭ މާއްދާ ތަކެކެވެ. ކަރާގައި ހިމެނޭ އާރޖިން އަކީ ވެސް އިންސިއުލިންގެ ސަބަބުން ހަކުރުގެ މިންވަރަށް އަސަރުކުރުމަށް ބާރުފޯރުވާ މާއްދާ އެކެވެ.

 

އަރިދަފުސް ރޯގާ ޖެހުން ދުރުވުން : ކަރަލުގައި ވިޓަމިން ސީ ހިމެނެއެވެ. މިއީ ދިފާޢީ ބާރު ރަގަޅުކޮށްދޭ މާއްދާ އެކެވެ. އެހެންކަމުން ވިޓަމިން ސީ ލިބޭ ކާނާ ބޭނުންކުރާނަމަ، އަރިދަފުސްރޯގާ ފަދަ ބަލިތައް ޖެހުން ދުރުކޮށްދީ، ބަލިޖެހުނު ނަމަވެސް ވަރަށް އަވަހަށް ރަގަޅުވާގޮތް ވެއެވެ.

ބަނޑުހިކުން : ބޮޑު ކަރާ ފަނި ތައްޓެއް ބޯލާށެވެ. ހަށިގަނޑުގައި ހިމެނޭ ބޭކާރު ބައިތައް ހަށިގަނޑުން ބޭރުކޮށް ސާފުކުރުމުގައި ކަރަލަކީ ވަރަށް ރަގަޅު މޭވާ އެކެވެ. ކަރަލުގައި ގިނައިން ފެންހުރުމަކީ ފަސޭހައިން ބޮޑުކަމުދިއުމަށް ބާރުއަޅައިދޭ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު