މިއީ މިދިޔަ އަހަރުގެ ޑިސެމްބަރ މަހުގެ ތެރޭގައި ނިއުޒިލޭންޑްއިން ގެއްލުނު އަންހެނެއްގެ ވާހަކައެވެ. އޭނާގެ ހަށިގަނޑު ފެނިފައިވަނީ މީގެ ހަފްތާއެއްހާ ދުވަސް ކުރިންނެވެ.

އޭނާގެ ހަށިގަނޑު ފެނިފައިވަނީ ނިއުޒިލޭންޑްގެ ފަރުބަދަތައް ހުންނަ ސަރަހައްދެއްގެ ތެރޭގައި ފޮއްޓެއް ތެރެއަށް އަޅާފައި އޮތްވައެވެ. އަދި އެ ފޮށީގެ ތެރޭގައި އެ އަންހެން މީހާގެ ކަންފަތުގައި ލާ ގަނާހާގެ އިތުރުން ކަރުގައި އަޅާ ފަށެއްވެސް ވަނީ ފެނިފައެވެ.

މި އަންހެން މީހާގެ މަރުގެ މައްސަލާގައި ދައުވާ ކޮށްފައިވަނީ އުމުރުން 27 އަހަރުގެ ފިރިހެނަކަށެވެ. އޭނާގެ މައްޗަށް މަރުގެ ދައުވާ ކޮށްފައިވާއިރު، ކޯޓުގައި އޭނާ ބުނެފައިވަނީ ގްރޭސް އާއި ދިމާވެފައިވަނީ އޮންލައިންކޮށް ޑޭޓް ކުރާ އެޕެއް ކަމަށްވާ "ޓިންޑާ" އިން ކަމަށެވެ. އަދި އޭނާ ވަނީ ގްރޭސްގެ މަރުގެ ނިޔަތަކީ ގަސްތުގައި ކޮށްފައިވާ ކަމެއް ނޫން ކަމަށް ބުނެފައެވެ.

އޭނާ ވަނީ ތަކުރާރުކޮށް އެ އަންހެނާ މަރުވެފައިވަނީ އެދެމީހުން ދެމަފިރި ކަމުގެ ގުޅުން ހިންގަން އުޅުމުގެ ތެރޭގައި ދިމާވި ކަމެއްގެ ސަބަބުން ކަމަށް ބުނެފައެވެ.

އޭނާގެ މައްސަލަ ބަލަމުންދާ ދައުލަތުގެ ވަކީލު ބުނެފައިވަނީ ފުރަތަމަ އޭނާ ހަދާފައިވަނީ ދޮގު ކަމަށާއި އެގޮތުން އޭނާ ފުރަތަމަ ބުނެފައިވަނީ އެ ދެމީހުން ގޮސްފައިވަނީ ހަމަ އެކަނި ބާ އަކަށް ކަމަށެވެ. އެކަމަކު އޭގެ ފަހުން އޭނާ ޖިންސީ ގުޅުން ހިންގި ކަމަށް ހަވާލު ވެފައިވާ ކަމަށްވެސް އޭނާ ވަނީ ބުނެފައި ކަމަށެވެ. އަދި އެ އަންހެން މީހާ މަރުވެފައިވަނީ ކަރުގައި މާ ބަރަށް ހިފުމުގެ ސަބަބުން ކަންވެސް ވަނީ ސާފުވެފައެވެ.

އެހެން ނަމަވެސް ދައުލަތުގެ ވަކީލު ވަނީ ގަސްތުގައި ކޮށްފައިވާ ކަމެއް ނޫންނަމަ އެ އަންހެން މީހާގެ ހަށިގަނޑު ފޮރުވީ ކީއްވެގެންތޯ ސުވާލުކޮށްފައެވެ. އަދި ފުރަތަމަ ފަހަރު ދޮގު ހަދާފައިވަނީ ކީއްވެގެންތޯ ވެސް ސުވާލު ކޮށްފައެވެ. މި ސުވާލުތަކަށް އޭނާ ވަނީ އަދި ޖަވާބު ދާރީ ނުވެފައެވެ. މި ސުވާލުތަކުގެ ޖަވާބު ދެން ކުރިއަށް އޮންނަ އަޑުއެމެއްގައި ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވަކީލް ވަނީ ބުނެފައެވެ.

ޒިނޭ އަކީ އިސްލާމްދީނުގައި ނަހީ ކުރައްވާފައިވާ، އަދި އެންމެ ބޮޑެތި ހައްދުތައް ކަނޑައެޅިފައިވާ ފާފަތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެހެންކަމުން އެންމެންވެސް މިފަދަ ކަންތައްތަކުން ދުރުވާން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ދީނީ ހުކުމް ޚަބަރުގެފަހަތަށް ގެނެސްފައިވުމީ ޒުވާންކުދިން މިފަދަކަންކަމުން ދުރުހެލިވުމަށް އެޅޭނެވަރަށް ބޮޑުބާރެއް....ޝުކުރިއްޔާ

    82
    11
  2. ހޫ

    އަދިވެސް ގައިގައި ހުރިހާ ބާރެއްލާ މިނިކާޖަނަވާރެއް ތެޅިއަރުވާތި. މިކަންވެސް ހައްދުން ނައްޓާފަ.

    12
    2