އިންޑިއާގެ ނިއުދިއްލީގައި އުމުރުން 63 އަހަރުގެ އަންހެނެއްގެ އަނގައިގެ ކުޅު އުފައްދާ ގުވަނުގެ (ސަލައިވަރީ ޑަކްޓް) ތެރެއިން 53 ހިލަ ކޮޅު ނަގައިފިއެވެ.

އީރާގުގެ ބަގްދާދަށް ނިސްބަތްވާ މި އަންހެން މީހާގެ އޮޕަރޭޝަން ކުރިއަށް ގެންގޮސްފައި ވަނީ ސިރް ގަންގާ ރަމް ހޮސްޕިޓަލް ތެރޭގައެވެ.

އެ ހޮސްޕިޓަލުން އިއްޔެ ބުނިގޮތުގައި، އޭނާގެ އޮޕަރޭޝަން ކުރުމަށް ގާތްގަނޑަކަށް ދެ ގަޑިއެއްހާއިރު ހޭދަވިއެވެ.

އެ ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނީ، އެ އަންހެން މީހާ އުޅުނީ އަނގަޔާއި ކަރުގައި ވަރަށް ބޮޑަށް ރިއްސާތީ ކަމަށެވެ. އަދި އޭނާ ކޮންމެ ފަހަރަކު އެއްޗެއް ކާއިރަށް ނުވަތަ ބޯ އިރަށް ކަރުގައި ރިއްސާތީ އުޅެއެވެ.

އަދި ޑޮކްޓަރުން ހެދި ތަހުލީލުތަކުން އެއީ އޭނާގެ ސަލައިވަރީ ޑަކްޓުގައި ހިލަ އުފެދިފައި ހުރިކަމަށް ޑޮކްޓަރުން ބުނެއެވެ. އެހެންވެ ޑޮކްޓަރުން ވަނީ އޭނާގެ އޮޕަރޭޝަނެއްކޮށްފައެވެ. އެ އޮޕަރޭޝަންގައި އޭނާގެ އެތަނުން 53 ހިލަކޮޅު ނެގިއިރު، އެ ހިލަކޮޅުތެރެއިން ނެގި އެންމެ ބޮޑު ހިލަކޮޅުގެ ބޮޑު މިނުގައި 8 މިލިމީޓާ ހުންނާނެ ކަމަށް ހޮސްޕިޓަލުން ބުންޏެވެ.

އޭނާގެ ސަލައިވަރީ ގްލޭންޑްގެ ތެރެއިން އެ ހިލަކޮޅުތައް ނަގާފައި ވަނީ، ވަރަށް ޗެލެންގިންގ އޮޕަރޭޝަނެއްގައި ކަމަށް ހޮސްޕިޓަލުން ބުނެއެވެ. އެއީ އެ އަންހެން މީހާއަށް އެއްވެސް ގެއްލުމެއް ނުދިނުމަށެވެ.

ކިޔުންތެރިންގެ ހިޔާލު