އަޔުޝްމަން ކުރާނާގެ ފިލްމު "ބަލާ" ލީކު ވެއްޖެއެވެ. މިއީ އަޔުޝްމަން އެންމެ ފަހުން އުފެއްދި ފިލްމް އެވެ.

އަޔުޝްމަން ގެ އެންމެ ފަހުގެ ފިލްމް ލީކް ކޮއްލާފައިވާއިރު މި ފިލްމު ނެރެފައިވަނީ އިއްޔެއެވެ. ފިލްމު ނެރެނުތާ މާގިނައިރެއް ނުވަނީސް ފިލްމު ލީކުކޮށްލާފައިފި އެވެ.

ފިލްމު ލީކުކޮށްލާފައި ވަނީ "ޓެމިލް ރޮކާސް" އިންނެވެ. "ޓެމިލް ރޮކާސް" އަކީ ފަހުގެ ބޮލީވުޑްް ހުރިހާ ފިލްމެއްކަހަލަ ގޮތަކަށް ލީކް ކުރަމުން އަންނަ ވެބްސައިޓް އެކެވެ. އަދި މި ވެބްސައިޓް އިން ގިނަ ފިލްމް ތަކެއް ލީކް ކުރަމުން އަންނާތީ މިކަމާމެދު ކަންބޮޑުވުން ފާޅުކުރަމުން އަންނަ އަޔުޝްމަން ބުނީ މިއީ މިއަދު ހުރިހާ ފިލްމް ޕޮރޮޑިއުސަރުން ވިސްނަންޖެހޭ ކަމެއްކަމަށެވެ.

އަޔުޝްމަން ގެ މިފިލްމަކީ ތަފާތު ފިލްމެއްކަމަށް ގިނަބަޔަކު ބުނެ އެވެ. އެގޮތުން އަޔުޝްމަން މިފިލްމުން ފެނިގެންދަނީ ބޮލުން ފަތް ފައިބައިގެން އެކަމަށް ހައްލު ހޯދުމަށް މީހަކު ކުރާ މަސައްކަތެވެ. މި ފިލްމް ގެ ލީޑް ރޯލުން ވެސް ފެނިގެންދަނީ އަޔުޝްމަން އާއެކު ޔަމީ ގޮތަމް އެވެ. އެދެފަންނާނުންގެ އިތުރުން ބޫމީ ޕަޑްނޭކަރް ވެސް ފިލްމުގައި ފެނިގެންދެއެވެ.

މިހާތަނަށް އެފިލްމަށް ލިބެނީ ޕޮސިޓިވް ކޮމެންޓް ކަން ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ފާހަގަކުރެއެވެ. އަދި އިންޑިއާގެ ބައެއް ނޫސްތަށް ބުނާގޮތުން މި ފިލްމަކީ މިއަހަރުގެ ކާމިޔާބު ފިލްމް ތަކުތެރެއިން ފިލްމަކަށް ވާނެއެވެ. އަދި ގިނަބަޔަކުވެސް މި ފިލްމުގެ ތަފާތުކަން ފާހަގަ ކޮއްފައިވެ އެވެ. މިފިލްމަށް ބޮޑުތަރުހީބެއް ލިބެމުން ދާކަން ފާހަގަ ކޮއްލެވެ އެވެ.

ކިޔުންތެރިންގެ ހިޔާލު