އިންޑިއާގެ ނޮއިޑާގެ ޕާކެއްގައި ފަސް މީހަކު ވެގެން އުމުރުން 21 އަހަރުގެ އަންހެނަކު ރޭޕްކޮށްފިއެވެ.

އިންޑިއާ ފުލުހުން މިއަދު ބުނީ، އެ އަންހެން މީހާ ދިޔައީ ވަޒީފާއެއް ހޯދުމުގެ ބޭނުމުގައި ރަހުމަތްތެރިއެއް ކައިރިއަށް ކަމަށެވެ. އަދި އެ ރަހުމަތްތެރިޔާވެސް މަސައްކަތް ކުރީ އޭނާ ރޭޕް ކުރަން ކަމަށް ފުލުހުންނާއި ހަވާލާދީ ރިޕޯޓްތައް ބުނެއެވެ.

އޭނާ ރޭޕްކޮށްފައި ވަނީ މިދިޔަ ބުދަ ދުވަހުގެ ޜޭގަަނޑުގެ ވަގުތެއްގައެވެ.

ފުލުހުން ވަނީ އެ މައްސަލައާ ގުޅިގެން ހަތަރު މީހަކު ހައްޔަރުކޮށްފައެވެ. އަދި އެ މައްސަލަގައި ހިމެނޭ އިތުުރު ދެމީހަކު ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

"އެ އަންހެން މީހާ އުޅެނީ ވަޒީފައެއް ނުލިބިގެން ވަޒީފާއެއް ހޯދަން. އޭގެ ތެރެއިން އޭނާ އެ ޕާކަށް ދިޔައީ ރަހުމަތްތެރިޔާ އާ ބައްދަލު ކުރަން. އެއީ އޭނާގެ ބޭބެވެސް ރަހުމަތްތެރިއެއް. އެ މީހާ ބުނީ، އެ އަންހެން މީހާ ކައިރިން ވަޒީފާ ހޯދަ ދޭނެކަމަށް. އެކަމަކު އޭނާ ދިއުމުން. މަސައްކަތް ކުރީ ރޭޕް ކުރަން". ފުލުހުން ބުންޏެެވެ.

ފުލުހުން ބުނީ، އޭނާ ރޭޕް ކުރަން އުޅުނު މަންޒަރު އެތަނުގައި ތިބި ގްރޫޕަކަށް ފެނުނު ކަމަށާއި، އެ މީހުން އެ އަންހެން މީހާ އެ ފިރިހެން މީހާ ކައިރިން ސަލާމަތް ކުރުމަށްފަހު ރޭޕް ކޮށްލީ ކަމަށެވެ.

އޭނާ ރޭޕް ކުރުން، ނޮއިޑާ ޕޮލިސް ސްޓޭޝަނަށް ހިނގާފައި ދިޔައީވެސް އަމިއްލައަށެވެ.

ކިޔުންތެރިންގެ ހިޔާލު