އެލަން މަސްކުގ ކާރު އުފައްދާ ކުންފުންޏެއް ކަމަށްވާ ޓެސްލާ އިން އެންމެ ފަހުން އުފައްދާފައިވާ އެ ކުންފުނީގެ "ސައިބާޓްރަކް" އާއްމުންގެ ކުރިމަތީގައި މީމް އަކަށް ވެފައިވާއިރު މަޝްހޫރު ކުޅޭ އެއްޗެހި އުފައްދާ ކުންފުނި ލެގޯ އިންވެސް އެ އުފެއްދުމަށް ޖޯކު ޖަހައިފިއެވެ.

އޮސްޓްރޭލިއާ ރަސްމީ ލެގޯ ޕޭޖުގައި އެމީހުން ހިއްސާ ކުރި ފޮޓޯ އެއްގައި ފެންނަނީ ކުޅޭ ކުޅޭ ލެގޯ އެއްގައި 4 ފުރޮޅު ލާފައި އިންނަ ތަނެވެ. މި ފޮޓޯ ހިއްސާ ކުރަމުން އެމީހުން ބުނެފައި ވަނީ ޓްރަކުގެ އިންގިލާބު އަތުވެއްޖެ ކަމަށާއި، މިއީ ގުޑުގުޑު ނާޅާނޭ ޓްރަކެއް ކަމަށެވެ.

މިދިޔަ ހަފްތާފެ ތެރޭގައި ޓެސްލާގެ ސީއީއޯ އެލަން މަސްކު މި ޓްރަކުގެ ނަމޫނާ އެއް އާއްމު ކުރި ނަމަވެސް، ކަންތައް ގޮސްފައި ވަނީ އޭނާ އުއްމީދު ކުރި ގޮތާއި މުޅިން ޙިލާފަށެެވެ. ނަމޫނާ އާއްމު ކުރި ރަސްމިއްޔާތުގެ ތެރެއިން މަސްކް ވަނީ އެ ކުންފުނީގެ ލީޑް ޑިޒައިނަރު ފްރޭންޒް ވަން ހޮލްޒްހައުޒެން ސްޓޭޖަށް އަރުވައި އޭނާ އަތަށް ބޮޑު މަރުތެޔޮއެއް ދިނުމަށް ފަހު އެ ޓްރަަކުގައި ތެޅުމަށް ބުނެފައެވެ.

އެހެން ނަމަވެސް ގިނަ ފަރާތްތަކުން ހައިރާންވެގެން ދިޔައީ އެލޮން އޭނާގެ އާ ކާރުގެ ބިއްލޫރި އަކީ ތަޅައިގެން ނުދާނެ ގޮތަށް ފަރުމާކޮށްފައިވާ ބިއްލޫރިއެއް ކަމަށް ދައްކަން ބިއްލޫރި ގަނޑުގައި ޖެހިގަޑީ އެ ޓްރަކުގެ ބިއްލޫރިގަނޑުގައި ރެނދެއް ލައިގެން ދިއުމުންނެވެ. އެލޮން ވަނީ މީގެ ކުރިން ކާރު އާއްމުންގެ ފަރާތްތަކަށް ދެއްކުމުގެ ކުރިން ބިއްލޫރިގަނޑުގެ ވަރުގަދަކަން ޓެސްޓްވެސްކޮށްފައެވެ. އޭރު އެލޮން ކުރި ޓެސްޓު ވަނީ ކާމިޔާބުވެފައެވެ.

"ސައިބާޓްރަކް"ގެ ބިއްލޫރި ތަޅައިގެން ދިއުމުން އެލޮން ބުނެފައިވަނީ އޭނާއަށް މާ ބާރަށް ޖެހުނީ ކަމަށެވެ. އެގޮތަށް އެހެން ބިއްލޫރި ޓެސްޓް ކުރަން އެލޮން ކުރި މަސައްކަތްވެސް ވަނީ ނާކާމިޔާބުވެފައެވެ. ކާރުގެ ބާކީ ބިއްލޫރިވެސް ވަނީ ތަޅައިގެންގޮސްފައެވެ. މިގޮތަށް މިކަން ހިނގުމުން އެލޮން ބުނެފައިވަނީ ބިއްލޫރިގަނޑު ތޮރުފާލާފައި އެތެރެއަށް ނުދާ ކަމަށެވެ.