ފިޔާގެ އަގު އަނެއްކާވެސް އިންޑިއާގައި ވަނީ ބޮޑުވެފައެވެ. ވެސްޓް ބެންގަލްގައި ފިޔާކިލޯއެއްގެ އަގު 100 ރުޕީސްއަށް އަރާއިރު، ބައެއް މީހުން ފިޔާ ވަގަށް ނަގާ މައްސަލަވެސް ވަނީ ބޮޑުވެފައެވެ. އަދި ފިޔާ ވަގަށް ގެންދާތީ އެ މައްސަލަ ފުލުހަށްވެސް ހުށަހަޅާފައި ވެއެވެ.

މިގޮތަށް ފިޔާ ވަގަށް ގެންދިޔަ މީހެއްގެ ވާހަކަ މިހާރު އިންޑިއާ މީޑިއާތަކުގެ ސަމާލުކަން ވަނީ ލިބިފައެވެ.

އަކްޝޭ ޑާސް ނަމަކަށް ކިޔާ ސުލްހަޓާގައި ތަރުކާރީ ވިއްކާ މީހަކު ބުނީ، މިދިޔަ ހަފްތާ އަންގާރަ ދުވަހު އޭނާ ފިހާރަ ހުޅުވަން ދިޔައިރު ފިހާރައަށް ވަރަށް ގެއްލުން ދީފައި ހުރިކަމަށެވެ. އަދި އެއީ ވަގެއް ވަދެފައި ހުރި ކަމުގެ ނިޝާން ކަން އޭނާއަށް އެނގުމުން، ފިހާރަ އެތެރެއަށް ގޮސް ބެލިއިރު، އޭނާއަށް ޝޮކެއް ޖެހުނު ކަމަށް އޭނާ ބުންޏެވެ.

އެއީ އެ ފިހާރައިން ވަގަށް ގެންގޮސްފައި ހުރި އެއްޗެހި ގިނަ ކަމުންނެވެ.

އޭނާ ބުނީ، ފިހާރައިން އެތައް ކިލޯއެއްގެ ފިޔާ ވަގަށް ގެންގޮސްފައިވާކަމަށެވެ. އަދި އެ އެއްޗެހީގެ އަގު 50،000 ރުޕީސްއަށް އަރާނެ ކަމަށާއި، އެ މީހާ ފިހާރައިގައި ހުރި ފައިސާތައް ގެންގޮސްފައި ނުވާ ކަމަށްއެ ފިހާރައިގެ ވެރި މީހާ ބުންޏެވެ.

"އެ މީހުން އެއްވެސް ވަރަކަށް ފައިސާއެއް ނުގެންދޭ" ޑާސް ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު