އިންޓަނެޓު، ޚާއްސަކޮށް މީސްމީޑިއާގެ އެކިއެކި ވަސީލަތްތަކުގައި އެކި ދުވަސްވަރު ޢާންމުވާނީ އެކި ކަހަލަ ކަންކަމެކެވެ. މިގޮތުން ޢާންމުވާ ކުޅިވަރުތަކާއި "ޗެލެންޖް"ތަކުގެ ވާހަކައަކީ، ޢާންމުކޮށް ގިނަ ބަޔަކު އެ ކުޅިވަރެއްގައި ބައިވެރިވުމަށް ފޯރި ހުންނަ ކަންކަން ކަމުގައިވާއިރު، އެފަދަ ކަންކަމުގެ ތެރެއިން ހިތާމަވެރި ހާދިސާތައްވެސް ހިނގަމުންދެއެވެ.

އިންޓަނެޓުގައި މިހާރު އެންމެ ހަލުވިކަމާއި އެކު ގިނަ ބައެއްގެ މެދުގައި ސަމާލުކަން ހޯދާފައިވާ އެފަދަ ކުޅިވަރަކީ، "ކޮންޑަމް ސްނޯޓިންގ ޗެލެންޖް"ގެ ނަމުން ނަންދީފައިވާ ކުޅިވަރެކެވެ. މި ނުރައްކާތެރި "ޗެލެންޖު"ގައި ގިނަ ޢަދަދެއްގެ ބަޔަކު ބައިވެރިވެ އެމަންޒަރު ދައްކުފައިދޭ ފޮޓޯތަކާއި ވީޑީއޯތައް ޢާންމުކުރަމުންދާއިރު، ބައެއް ފަރާތްތަކަށް އަނިޔާވެގެން ފަރުވާވެސް ދީފައިވެއެވެ.

"ކޮންޑަމް ސްނޯޓިންގ ޗެލެންޖް" އަކީ ކޮންޑަމެއް ނޭފަތުގެ ތެރެއަށް ލައްވައިގެން އަނގައިން ބޭރުކުރަން ޖެހޭ ގޭމެކެވެ. އެގޮތުން ކޮންޑަމްގެ ކޮޅު ނޭފަތަށް ލުމަށްފަހު، އެފަރާތަކުން ޖެހޭނީ އަތްނުލާ އެތެރެއަށް ނޭވާ ލަމުން ކޮންޑަމް ނޭވާ ހޮޅިން އެތެރެއަށް ފޮނުވާށެވެ. ނަމަވެސް ވަކި ވަގުތެއްގެ ތެރޭގައި އަނގައިން އެ ކޮންޑަމް ބޭރު ނުކުރެވިއްޖެނަމަ އެމީހަކަށް ޗެއލެންޖު ފުރިހަމަ ނުވީކަމަށް ނިންމައެވެ.

މި ނުރައްކާތެރި ޗެލެންޖު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިހާރު ޢާންމުވަމުންދިއުމާއި ގުޅިގެން ސިއްޙީ ތަޖުރިބާކާރުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، އެފަރާތްތަކުން ބުނެފައިވަނީ މިއީ ސިކުންތުކޮޅެއްގެ ތެރޭގައި އިންސާނާގެ ފުރާނަ ގެއްލިދާފަދަ ޙާލަތެއްވެސް ކުރިމަތިކުރުވަފާނޭ ކުޅިވަރެއް ކަމަށެވެ. އެގޮތުން ނޭވާލާ ހޮޅީގެތެރެއަށް ކޮންޑަމް އެކީގައި ވަދެ އަނގައި ބޭރު ނުވެ އެތެރޭގައި ތާށިވެއްޖެނަމަ ފަރުވާ ނުދެވެނީސް ނޭވާ ނުލެވިގެން ދުނިޔެ ދޫކުރަން ޖެހިދާނެ ކަމަށް އެފަރާތްތަކުން ބުނެފައިވެއެވެ.

މި ޗެލެންޖާއި ގުޅިގެން ނޯތު ޑަކޯޓާ ސްޓޭޓް ޔުނިވާސިޓީ (އެންޑީއެސްޔޫ)ގެ ތަޖުރިބާކާރެއް ކަމަށްވާ މުޙައްމަދު އަޝްރިފް ބުނެފައިވަނީ، ނޭފަތުގެ ތެރެއަށް ކޮންޑަމް ފަދަ އެއްޗެއް އެތެރެއަށް ދެމުމަކީ އޭގެ ސަބަބުން ނޭވާހޮޅި ބަންދުވެ ނޭވާލުމަށް ހުރަސްއެޅިދާނެ ކަމެއް ކަމަށެވެ. މީގެ އިތުރުން ނޭފަތުން ލޭއައުމާއި ނޭފަތުގެތެރޭގައި އިންފެކްޝަން އުފެދުން ނުވަތަ އެލާޖިކްވުމަކީ މިކަމުގެ ސަބަބުން ކުރިމަތިވެދާނޭ ކަމެއް ކަމަށް އޭނާ ބުނެފައިވެއެވެ.

"ކޮންޑަމް ސްނޯޓިންގް ޗެލެންޖް" އެންމެ ފުރަތަމަ ފެށިފައިވަނީ 2013 ވަނަ އަހަރުގައި ކަމަށްވެއެވެ. ނަމަވެސް އެދުވަސްވަރު އެ ޗެލެންޖުގެ ސަބަބުން ނުރައްކާތެރި އެތައް ހާދިސާއެއް ހިނގަމުން ދިއުމާއި ގުޅިގެން ހުއްޓިފައި އޮތުމަށްފަހު، އަނެއްކާވެސް ފާއިތުވެދިޔަ ދުވަސްތަކުގައި ވަނީ އިންޓަނެޓުގެ އެންމެ ޢާންމު ޗެލެންޖު ކަމުގައި ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހަސަނު

    ކަލޭމެން މި ކޮމެންޓް ނުޖަހާނެ. ކަލޭމެން އަސްލު ނޭންގި ނަމަވެސް އެކަހަލަ ކަންކަން އިޝްތިހާރު ތި ކުރަނީ. މި ކޮމެންޓް ޝާއިއު ނުކުރަންވީ ސަބަބެއް ނޯންނާނެ.

    ކަލޭ: މާނަ އަކީ ތިބާ. (މިއީ ހުތުރު ލަފުޒެއް ނޫން)

  2. ކޮންޑަމް

    ޙަހަހާ