އިންޑިއާގެ ޕޫންއަށް ނިސްބަތްވާ ފިރިހެނަކު، އޭނާގެ ލޯބިވެރިޔާއާ އާ ކައިވެނި ކުރަން ޖެހުނީ އައިސީޔޫގައެވެ. އޭނާ ލޯބިވެރިޔާއާ އައިސީޔޫގައި ކައިވެނި ކުރަން ޖެހުނީ، އަމިއްލައަށް މަރުވާން މަސައްކަތް ކުރުމުންނެވެ.
އިންޑިއާ ފުލުހުން ބުނީ، އެ އަންހެން މީހާ ޕޫންގެ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ދަނީ އަމިއްލަ މަރުވާން އުޅުމުން ސަލާމަތްކޮށްގެން ކަމަށެވެ. އޭނާ އަމިއްލައަށް މަރުވާން މަސައްކަތް ކުރީ އޭނާއާ ކައިވެނި ކުރަން ފިރިހެން މީހާ ދެކޮޅު ހެދުމުންނެވެ.
ރިޕޯޓްތައް ބުނާގޮތުގައި، އެ ފިރިހެން މީހާ އާ އެ އަންހެން މީހާއާ ދެ މީހުން ހޮސްޕިޓަލްގައި ކައިވެނި ކުރުމަށްފަހު، ފިރިހެން މީހާ ވަނީ ފިލައިގެން ގޮސްފައެވެ.
އެހެންވެ އެ އަންހެން މީހާއާ ވަނީ އޭނާއާ ދެކޮޅަށް ފުލުހަށް މައްސަލައެއް ހުށަހަޅާފައެވެ. އަދި ފުލުހުންވެސް ދަނީ ސުރަޖް ނަލްވޭޑް ނަމަކަށް ކިޔާ އެ ފިރިހެން މީހާއާ ގުޅޭ މައްސަލައެއް ބަލަމުންނެވެ. އަދި އެ ފިރިހެން މީހާ ހޯދުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.
ފުލުހުން ބުނެފައިވާގޮތުގައި، ފުލުހުން އޭނާއާ ދެކޮޅަށް ބަލަމުން ދަނީ ރޭޕް ކުރަން އުޅުނު ކަމަށް ބުނާ މައްސަލައެކެވެ.
އެ އަންހެން މީހާ ފުލުހަށް ހުށަހެޅި މައްސަލާގައި ބުނެފައި ވަނީ، ސުރަޖް އޭނާއާ ޖިންސީ ގުޅުން ހިންގަން އުޅުނު ކަމަށާއި، ނަމަވެސް އޭނާ ސުރަޖް ކައިރީ އިންނަން އެހުމުން، އެކަމާއި ދެކޮޅު ހެދި ކަމަށެވެ. އެއީ އެ އަންހެން މީހާއަކީ ދަށް ފަންތީގެ އަންހެނަކަށް ވާތީ ކަމަށް އެ ސުރަޖް ބުނި ކަމަށް އޭނާ ބުނެފައި ވެއެވެ.
އެ އަންހެން މީހާ އަމިއްލައަށް މަރުވާން އުޅުނީ ޒަހަރު ބޮއެގެންނެވެ. އޭނާ ޒަހަރް ބުއީ ނޮވެމްބަރު 17 ވަނަ ދުވަހުއެވެ. އޭނާ ޒަަހަރް ބުއިމާއެކު ހޮސްޕިޓަލަށް ގެންްގޮސް އައިސީޔޫގައި ފަރުވާދެމުން ދިޔައެވެ.
ދެމީހުންވެސް މޮޔަލޯބިތިވީ ގަމާރީ ހަމަ ތިމީހުން އަންހެންމީހާވެސް ނުވާނެދޯ އިންނަން ބޭނުންނުވާމީހަކާ ލޯބިވާކަށް އަމިއްލައްށް މަރުވުމަށް ވުރެ މާމޮޅުދޯ އެހެންމީހަކާ އިންޔަސް
ޒަޚަރުތަ؟ ބު އީ ނޫނީ ޒަހަރު ތަ؟
އިންނަން ނޫޅޭ މީހަކާ ގަދަކަމުން އިދެގެން ދެން ޒަހަރު ބޯން ޖެހޭނީ ކިތައް ފަހަރު ކަމެއް ވެސް ނޭގޭ މޮޔަކަމެއް.ތިއަށްވުރެ ރަގަޅު ގެރިއަކާ ކައިވެނިި ކުރިޔަސް.. ނުވިތާކަށް ކިރު ލިބިލިބި ހުންނާނެ.ގެރި އިންޑިއާ .ރޭޕިސްޓް އިންޑިއާ. ގަމާރު އިންޑިއާ
މިކަހަލަ ޑިޕްރެސަން ގަ އުޅޭ މީހުންނާ ކައިވެނި ކުރުމަކީ ވޭންދެނިވިކަމެއް، އެމީހާއާ އަދި ކައިވެނި ކުރާ މީހާގެ ޙަޔާތް ވެސް ހަލާކުވޭ، އެފަދަ މީހުން ފަހަތުން ދުވެގެންވެސް ކައިވެނި ކުރަން އުޅޭނެ، ފަހަތުން ދުވެ އަދި އެކަމެއް ނުވީމަ އެކިކަހަލަ އަނިޔާ ހަށިގަނޑަށް ދޭމީހުންނާ ކައިވެނި ނުކުރުން އެއީ ވަރަށްބޮޑު ރަށްކަލެއް، ކައިވެނި އެއީ މަޖުބޫރުކޮށްގެން އާދޭސް ކޮށްގެން ދުވެގެން ކުރަން ޖެހޭ ކަމެއް ނޫން،
ކަލޭ ހަމަ ލޮލަށް ފެންނަ ކަމަށް ވަންޏާ ކަލޭ އަށް އިނގޭނީ އެއް ދުވަހަކުން އެހެންމީހަކު ބޭނުން ގޮތަކަށް ކަންތައް ކުރީމަ ކަލޭ ޑިޕްރެޝަންގަ އުޅެންޖެހުނީމަ ހިތައް އަރާ އެއްޗެސް. އެހެންވީމާ ޖަޖް ތި ކުރަނީ މާ އަވަހައް.. އެކަމަކުވެސް ޑިޕްރެޝަންއަށް އޮތް ހަމަ އެކަނި ފަރުވާ އަކީ ﷲމަތީން ގިނަ ގިނައިން ހަނދުމަ ކުރުން. ކާފަރު އިންޑިޔާ މީހުން މިކަމެއް ނުދަނޭ.