އެމެރިކާގައި ދެމަފިރިއަކު ކައިވެންޏެއް ކޮށްގެން އުޅުނީ ވަރަށް ލޯބިންނެވެ. ދެމީހުންވެސް ވަޒީފާ އަދާ ކުރަމުން ގެންދިޔައީ އެއްކޮށް ސިފައިންގޭގައެވެ. ނަމަވެސް އެތަނުން އެކަކު ވީ ހަގީގީ ލޯތްބެއް ނޫނެވެ. ބޭނުންވީ ފިރިމީހާ މަރާލައި ވަގު ބިޓާއި އެކު ޒަވާޖީ ހަޔާތެއް ފަށާށެވެ.

ކޭމިއާ އާއި ޓައިރޯން ހަސެލް އާއި ދެމީހުންނަކީވެސް އެމެރިކާ އަސްކަރިއްޔާ އަށް ވަނުމުގެ ކުރިން ހުވައެއްގެ މަތީގައި ތިބި ދެމީހުންނެވެ. ޓައިރޯން 2015 ވަނަ އަހަރު އަސްކަރިއްޔާ އަށް ވަނުމަށްފަހު އޭނާގެ ބުރަ މަސައްކަތުން ވަރަށް އަވަހަށް ސާޖެންޓަކަށް ޕްރޮމޯޓް ވެގެން ދިޔައެވެ. އަނެއްކޮޅުން އޭނާގެ އަނބިމީހާ އަދި 2 އަހަރުގެ ދަރިފުޅުގެ މަންމަ، ކޭމިއާ އަކީ އާމީ ސްޕެޝަލިސްޓެކެވެ.

ކައިވެންޏަށް 2 އަހަރުވީތަނާ 2017 ވަނަ މި ދެމަފިރިން ވަނީ ސައުތް ކޮރެއާ އަށް ޕޯސްޓު ކޮށްފައެވެ. އެތަނުގައި ޓައިރޯން ގައުމަށްޓަކައި ބުރަކޮށް މަސައްކަތް ކުރަމުން ގެންދިޔައިރު ކޭމިއާ ދިޔައީ މުޅިން އެހެން މަސައްކަތެއް ކުރަމުންނެވެ. ކޭމިއާ ދިޔައީ ސައުތް ކޮރެއާ އަށް ފޮނުވި އެމެރިކާގެ އިތުރު ސިފައިނަކާއި އެކު ކައިވެނިން ބޭރު ގުޅުމެއް ހިންގަމުންނެވެ. ޖާމީ ކިޔާ އެ ފިރިހެން ސިފައިނާއި އެކު ކޭމިއާ ސިއްރު ގުޅުމެއް ބާއްވަމުން އަންނަ ކަމެއް އޭނާގެ ފިރިމީހާ އަކަށް ނޭނގެއެވެ.

ކޭމިއާ އަށް އޭނާ ލޯބިވަނީ އެހެން މީހަކު ދެކެއޭ ބުނާކަށް ނުކެރުނެވެ. އެއީ ކޭމިއާ އޭނާގެ ފިރިމީހާ މަރުވުމުން ލިބޭ އިނާޔަތްއްވެސް ބޭނުންވުމުންނެވެ. ޓައިރޯން މަރުވުމުން އޭނާގެ އިންޝުއަރަންސްގެ ގޮތުގައި 400،000ށް ވުރެން ގިނަ އެމެރިކާ ޑޮލަރު ކޭމިއާ އަށް ލިބިގެން ދާނެއެވެ. އެހެންކަމުން ޓައިރޯން މަރާލުމަށް ކޭމިއާ އާއި އޭނާގެ ސިއްރު ލޯބިވެރިޔާ ރާވަމުން ގެންދިޔައެވެ.

ކޭމިއާ އޭނާގެ ފިރިމީހާ އަށް އެއްވެސް ކަމެއް ޝައްކުވާ ގޮތަކަށް ނުކުރޭ

އެމީހުން މިކަން ރާވަން ނިންމީ ސްނެޕްޗެޓު މެދުވެރިކޮށެވެ. އެއީ އޭގެން ފޮނުވާ މެސެޖުތައް ފުލުހުންނަށް ނުބެލޭނޭ ކަމަށް ހީކޮށެވެ. އެމީހުން އެނބުރި އެމެރިކާ އަށް ދިޔައިރު 3 މީހުންވެސް ފޮނުވާފައި ވަނީ އެއް ތަނަކަށެވެ. އެތަނުގައި ކޭމިއާ އޭނާގެ ފިރިމީހާ ވަކި ތަނަކަށް ގެންދިއުމުން އޭނާގެ ސިއްރު ލޯބިވެރިޔާ ޖާމީ، ޓައިރޯން ގަޔަށް ބަޑި ޖަހައި މަރާލާނެއެވެ.

އެގެ ދުވަސްކޮޅެއް ފަހުން އެމީހުންނަށް ވަނީ ޗުއްޓީ ލިބިފައެވެ. ކޭމިއާ ހުރީ އޭނާގެ ފިރިމީހާ އާއި އެކު ބަފާބެ ގޭގައެވެ. އެގޭ ހުރެފައި ޓައިރޯން ދިޔައީ ޕާޓީ އަކަށެވެ. އަދި ރޭގަނޑު 11 ޖަހަން އުޅެނިކޮށް ޓައިރޯން އޭނާގެ އަނބިމީހާ އަށް މެސެޖެއް ކޮށްފައި އެ ޕާޓީ އިން ތައްޓަކަށް ކާ ތަކެތި އަޅައިގެން ގެއަށް އަންނަ ކަމަށް ބުނިއެވެ.

ކޭމިއާ އެ ކާތަކެތި އަޅާފައި ހުރި ތައްޓެއް ބޭނުމެއް ނޫނެވެ. އޭނާ ވަގުތުން ސިއްރު ލޯބިވެރިޔާ ޖާމީ ގާތު އޭނާގެ ފިރިމީހާ އެކަނި ގެއަށް އަންނަ ކަމަށް ބުނިއެވެ. ޓައިރޯން ގެއާއި ވަރަށް ކައިރިވެފައި ހުއްޓައި ޖާމީ ވަނީ ފަހަތުން އައިސް އޭނާގެ ބޮލަށާއި ކަރަށް ބަޑިޖަހައި، އެތަނުން ފިލާފައެވެ.

އެމްބިއުލޭންސް އައި އިރުވެސް ޓައިރޯން އޮތީ މަރުވެފައެވެ. އަދި ކޭމިއާ ހުރީ އޭނާގެ ފިރިމީހާ މަރުވުމުން އެކަމާއި ހިތާމަ ކުރާ ކަމަށް ހެދިގެން ރޯށެވެ. މި ހާދިސާ އަށް ފަހު ކޭމިއާ ވަނީ 2 ހަފްތާ ވަންދެން އޭނާގެ ފިރިމީހާ ބައްޕަގެ ގޭގައި އެއްވެސް ލަދެއް ނެތި އުޅެފައެވެ.

މަރާލާފައިވާ ސާޖަންޓް ޓައިރޯން

ފުލުހުން މައްސަލަ ތަހުގީގު ކުރަން ފަށައިފިއެވެ. އަދި ކޭމިއާ އާއި ޖާމީގެ ސިއްރު ގުޅުން އެމީހުންނަށް ފަޅާ އަރައިފިއެވެ. ފުލުހުން ތަންކޮޅެއް ބޮޑަށް ތަހުގީގު ކުރުމުން ފެނުނީ ކޭމިއާ ކޮށްފައި ހުރި އިންޓަނެޓް ސާޗުތަކެވެ. "ސްނެޕްޗެޓް ޑިލިޓް ކުރާނީ ކިިހިނެތް؟" ، "ގެ ވިއްކާލާފައި ކުރާނީ ކޮން ކަމެއް؟" މިފަދަ އެއްޗެހި ކޭމިއާ ވަނީ ސާޗު ކޮށްފައެވެ.

އަދި މި ހާދިސާ ހިނގި ވަގުތު ޖާމީ ހުރީ ކޭމިއާ މެން ދިރިއުޅޭ ގޭ ކައިރީގައިކަން ވަނީ ހާމަވެފައެވެ. ނަމަވެސް އެއީ ޗުއްޓީ ދުވަސްވަރު ކަމުން އޭނާ އެ ސަރަހައްދުގައި ހުންނަން ޖެހޭ އެއްވެސް ސަބަބެއް ނެތެވެ. ކޮންމެއަކަސް ކޭމިއާ އަށް އެތައް ދުވަހެއް ވަންދެން ސުވާލު ކުރުމުންވެސް އެކަމަށް އިންކާރު ކުރުމަށްފަހު އެންމެ ފަހުން އެއްބަސްވިއެވެ. އޭނާ ބުނީ އަސްލު ލޯބިވީ ޖާމީ ދެކެ ކަމަށާއި އެދެމީހުން އެކުގައި ތިބުމަށް ހުރަހެއްގެ ގޮތުގައި ހުރީ ޓައިރޯން ކަމަށެވެ.

ކޭމިއާގެ މައްޗައް ވަނީ އޭނާގެ ފިރިމީހާ މަރާލި ކަމުގެ ކުށާއި، މީހަކު މަރާލަން ރޭވި ކަމުގެ ކުށް ސާބިތުވެފައެވެ. އަދި މި ހުރިހާ ކަމެއް ރޭވީ އޭނާ ކަމަށްވެސް އެއްބަސްވިއެވެ. މި އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި އޭނާ ވަނީ ޕެރޯލްގެ ފުރުސަތުވެސް ނުލިބޭނެހެން އުމުރު ދުވަހަށް ޖަލަށް ލާފައެވެ.

ޖާމީވެސް ފަހުން އޭނާ ކުރި ކުށަށް އެއްބަސްވެފައި ވާއިރު، އޭނާގެ މައްޗައް މީހަކު މަރާލި ކަމުގެ ކުށް ސާބިތުވެ، 65 އަހަރަށް ވަނީ ޖަލަށް ލާފައެވެ. އެމީހުން މިކަންތައް ކުރިއިރު 2 އަހަރުގެ ކުޑަ ދަރިފުޅަށް އެއްވެސް ވަރަކަށް ނުވިސްނައެވެ. މިހާރު އެ ކުއްޖާ ބަލަމުން އަންނަނީ ޓައިރޯންގެ އާއިލާ އިންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ލަސްވިޔަސް

    އޭނ ... ކީކޭ....،؟؟؟

    6
    1
    • މޮޔަ

      ސީކޭ...

  2. ޅޮލް

    ސްނެޕްޗެޓުން ކުރި މެސެޖްތައް ނުފެނޭ ގާމު.އިނގުނީ އިންސްތަގުރާމުން. ރަނގޅަށް ސުރުހީ ކިޔުމައް ފަހު ލިޔުން އެދެން.