އިންޑިޔާގެ ބޮލީވުޑްގެ ފިރިހެންތަރިއެއްގެ ނަން ގެނެވޭނެމަ، އެލިސްޓްގައި އަމީތާބަށްފަހު ދެން އޮންނާނީ ޝާހްރުކް ޚާންގެ ނަމެކެވެ. ގިނަ ބައެއްގެ މެދުގައި މަޤްބޫލުކަން ހޯދި ޝާހްރުކް ޚާންގެ ދިރިއުޅުމުގައިވެސް ސިއްރުތަކެއް އެބަހުއްޓެވެ. މީގެ ތެރެއިން އެންމެ ފާހަގަ ކުރެވޭ ކަމަކީ، ޝާހްރުކް އަށް ފުރަތަމަ ކީ ނަމެވެ.

މިއަދު ޝާހްރުކްގެ ނަމުން އޭނާ މަޝްހޫރުވީ ނަމަވެސް، ޝާހްރުކްއަށް ފުރަތަމަ ކީ ނަމަކީ އަބްދުލް ރަޙްމާންނެެވެ. ނަމަވެސް މިނަން އޭނާގެ ބައްޕައަށް އެހާ ކަމުދާ ނަމަކަށް ނުވުުމުން ނަން ބަދަލު ކުރީއެވެ. އަބްދުލް ރަޙްމާންގެ ނަމުން ޝާހްރުކްއަށް ނަންދީފައިވަނީ އޭނާގެ މާމައެވެ. ނަމަވެސް އެއްވެސް ރަސްމީ ލިޔުމެއްގައި މިނަން ބޭނުން ކުރެވިފައެއް ނުވެއެވެ.

ޝާހްރުކް ޚާން އަކީ ދިވެހިންގެ ތެރޭގައިވެސް މަޤްބޫލު ކަމެއް ހޯދާފައިވާ ފަރާތެކެވެ. މިގޮތުން 1998 ވަނަ އަހަރު ފިލްމް ކުޅެން ފެށީ ޝާހްރުކްއަށް މިހާތަނަށްވަނީ ގިނަ އެވޯޑްތަކެއްވެސް ލިބިފައެވެ. ޝާހްރުކް ޚާން އަށް މިހާތަނަށް 14 ފިލްމް ފެއަރ އެވޯޑާއި މިހާތަނަށް 30 ފަހަރު މިއެވޯޑަށް ނޮމިނޭޓްވެފައިވެއެވެ.

އުމުރުން 54 އަހަރުގެ ޝާހްރުކްއަށް އަދިވެސް ގިނަ ބައެއްގެ ހިތުގައި ޚާއްސަ ގަދަރެއް ދީފައިވެއެވެ. 3 ކުދިންގެ ބައްޕަ ކަމަށްވާ ޝާހްރުކް އަކީ މިހާރުވެސް ބޮލީވުޑްގައި އެންމެ އުހުގައި ފިޔަ ޖަހަމުން އަންނަ ތަރިއެކެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ހުސޭނުބޭ

    މަށަށް ޔަޤީންވަނީ އެންމެ ފުރަތަމަ ކީ ނަން ބޭނުންކުރިނަމަ މާ ބޮޑަށްވެސް ރަގަޅުވީހެން! ފަހުން ނަމެއްކިޔާ މަޝްހޫރުވެ އުޅޭނެނޫޅޭނެގޮތެއް ނޭގި 4 ދީން އެއްފަހަރާ ޤަބޫލުކުރާ މީހަކަށްވެ ކަށްވަޅާ ހިސާބަށް ދިއުމުން ދެން ކިޔާނީ ކީކޭތަ؟

    37
  2. ދެންލަލަލާ

    ޝާހްރުކް އަށް ދެން ކިޔާނީ އަބަދުއްރަހްމާން ދެން ލަލަލާ

    26
    3
  3. ޓަގޭ

    ޢަދުރޭ ދޯ މީ

    10
    2
  4. ހަސަން

    ނަސީބެއްނޫން ތިނަން ނުކީކަން، މުސްލިމެކޭ ކިޔާފައި ކުފުރަށް އަރައިގަންނަ މީހެއްތީ. ގޭތެރޭގައި ފައްޅިއަކާއި ޗާޗަކީ މިއްސްކެތެއް އަޅާ އެދީންތަށް ރަމްޒުކޮށްދޭ އެއްޗެހި އެތާ ބަހައްޓާ ދަރިން ނާއި އޭނަ އަޅުކަން ކުރަނީ. މުސްލިމަކަށްވިޔަސް ހުރިހައިދީންތަށް ދެކެ ލޯބިވާންވާނެއޭކިޔާފައި. ު

    10
    1
  5. Anonymous

    ޝާހްރުކް ޙާން ފިލްމް ކުޅެން ފެށީ 1998 އަކު ނޫން.