އިނގިރޭސިވިލާތައް ނިސްބަތްވާ ނޫސްވެރިއަކު އޭނާގެ އާއިލާއާއި އެކު ފްލައިޓަކުން ދަތުރުކުރަނިކޮށް އޭނާގެ އަންހެނުންނާއި ފްލައިޓްގެ ކްރޫއަކު ޒުވާބުކޮށް ބާލުވަން އުޅުނު މައްސަލައެއް ފެންމަތިވެއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ އެމެރިކާގެ އެއާލައިންސްއެއް ކަމަށްވާ ސައުތުވެސްޓް އެއާލައިންސްގެ ފްލައިޓެއްގައެވެ. މެހްދީ ހަސަން ބުނެފައިވަނީ އެ ފްލައިޓަކީ ފަސެންޖަރުން ބޭނުން ގޮނޑިއެއްގައި ތިބިވޭނެ ގޮތަށް ހުންނަ ފްލައިޓެއް ކަމަށްވުމުން އެމީހުން ތިބީ އެމީހުން ބޭނުން ސީޓެއްގައި ކަމަށެވެ.

ހަސަން ވަނީ މި މައްސަލަ ޓްވިޓާގައި ހިއްސާ ކޮށްފައެވެ. އޭނާ ކުރި ޓްވިޓެއްގައި ބުނެފައިވަނީ އަންހެނުން އޭނާއާއި ކުދިން ކައިރީ މަޑުކުރަން އުޅުމުން ފްލައިޓުގެ ކްރޫ އައިސް ފްލައިޓުން ފައިބަން އަންގާފައިވާ ކަމަށެވެ. އަދި ކްރޫއިން ވަނީ ގްރައުންޑް ސްޓާފުންނަށްވެސް އޭނާގެ އަންހެނުން ބޭލުމަށް އަންގާފައި ކަމަށް އޭނާ ކުރި ޓްވިޓުގައި ބުނެފައިވެއެވެ.

އޭނާ ކުރި ޓްވިޓެއްގައި ބުނެފައިވަނީ ކްރޫ، އޭނާގެ އަންހެނުން ކައިރީ ފަސެންޖަރުންނަށް އުނދަގޫ ކުރާ ކަމަށް ބުނެފައިވެއެވެ. އަދި އެގޮތަށް އުނދަގޫ ކުރާ ވާހަކަ ބުނެފައިވަނީ އޭނާ އިތުރު މީހެއް ކައިރީ ގޮނޑި ދެވޭނެހޭ އެހުމުންނެވެ.

"އަންހެނުން އެހެން މީހެއް ކައިރީ ބުނީ އެ ސީޓު ދީބަލާށޭ. އެއީ އަހަރެންނާ އަހަރެންގެ ދަރިފުޅު ކައިރީ އިން މީހެއް ކައިރީ. އޭރުން 3 މީހުންނަށް އެކީ ތިބެވޭނެ. އޭގެ ފަހުން ކްރޫ އިން ބުނެފައިވަނީ މީހުންނަށް އުނދަގޫކުރަނީ ކީއްވެހޭ. ފްލައިޓުން ފައިބާށޭ" ހަސަން ކުރި ޓްވިޓުގައި ބުނެފައިވެއެވެ.

އޭނާ ކުރި ޓްވިޓުގައިވަނީ ސައުތްވެސްޓް އެއާލައިންސް ޓެގްކޮށް އޭގެ ކްރޫއިން މުސްލިމް އަންހެނަކު ނުވަތަ ފިރިހެނަކު ދަތުރުކުރުމުން އެމީހުންނާއި އެހެން މީހުންނާއި ތަފާތު ކުރުން ގެންގުޅޭ ސަބަބެއް ސާފުކުރަން ސުވާލުކޮށްފައެވެ.

އެކަމާއި ގުޅިގެން އެ އެއާލައިންސްއިން ވަނީ އެ ހިނގާދިޔަ ކަންތަށް ކުއްވެރިކޮށް އޭނާ ގާތުން މައަފަށް އެދިފައެވެ. އަދި ވަނީ އޭނާގެ އާއިލާއަށް ހިލޭ ދަތުރު ކުރުމަށް ވައުޗާއެއްވެސް ދޭން އެއްބަސްވެފައެވެ.

ކިޔުންތެރިންގެ ހިޔާލު