އިންޑިއާގެ މަދްޔާ ޕްރަދޭޝްގައި އާއިލާގެ ގޮތުން ގުޅުން އޮންނަ ދެ އަންހެނަކު އެކަކާއި އެއްފަހަރު ކައިވެނިކޮށްފިއެވެ.

މި މީހުންގެ ކައިވެނިކޮޮށްފައި ވަނީ ދާދި ފަހުންނެވެ. މި މީހުންގެ ކައިވެނި ކުރުމަށްފަހު ބޮޑުޕާޓިއެއްވެސް ވަނީ ބާއްވާފައެވެ.

ރިޕޯޓްތައް ބުނާގޮތުގައި، ޑިލީޕް ނަމަކަށް ކިޔާ މި ފިރިހެން މީހާ ރަޝަނާ ނަމަކަށް ކިޔާ އަންހެނަކާއި، ކައިވެނި ކުރުމުގެ ހުއްދަ ދީފައި ވަނީ ވަނީތާ ނަމަކަށް ކިޔާ އޭނާގެ ފުރަތަމަ އަނބިމީހާއެވެ.

އެ މީހުންނަކީ މީގެ ނުވަ އަހަރު ކުރިން ކައިވެނި ކުރި ދެ މީހެކެވެ. އެ ދެ މީހުންގެ ތިން ކުދިންވެސް ތިބެއެވެ.

އިންޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި، ޑިޕީލް އާއި ރަޝަނާގެ ކައިވެނި ކުރިއިރު، އަނެއްކާވެސް ވަނީތާއާވެސް ވަނީ ކައިވެނިކޮށްފައެވެ. އެހެންކަމުން ދެވަނަ ދެ އަންހެނުންގެ އެ ކައިވެނި ކުރެވިގެން ގޮސްފައި ވަނީ އެކު އެކީގައެވެ.

އަދި ވަނީތާ އެ ފުރުސަތު އަންހެން މީހާއަށް ދީފައި ވަނީ، އޭނާ މާބޮޑަށް ބަލިކޮށް އުޅޭތީ އާއި، ފިރިމީހާ ބޭނުންވާ ކަންކަމާއި، ދަރިން ބޭނުންވާ ކަންކަން ނުފުއްދޭތީއެވެ.

މިގޮތަށް ކައިވެނި ކުރެވިގެންދިޔައިރު، މިއީ އިންޑިއާގައި ވަރަށް ނުވާ ކަމެއް ކަމަށް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޙަސީނާ

    ތީ އިންޑިއާގަ ބޮޑު ކުށެއް. ޙަނގު އަނބަށް ނުލިބޭނެ ވާރުތައިން އެއްވެސް އެއްޗެއް. ޤާނޫނީގޮތުން އަންބެއްކަމުގަ ބަލާނީ ދޮށީއަނބި. ޢެހެންވެ ދެމީހުންނާ އެއްކޮށް އަލުން ކައިވެނިކުރަނީ.

  2. ކިޔާލާ

    މީ އިންޑިޔާގެ ގާނޫނުގަ މަނާކަމެއް ހިންދޫ ދީނުގެ މީހަކު ދެއަތްބައް އިނުން.