ފޮޓޯ ނެގުމުގެ ދާއިރާގައި ދިވެހިން ތިބީ ވަރަށް އުހުގައެވެ. ކޮންމެ މީހެއްގެ އަތުގައި ސްމާޓް ފޯނެއް އޮންނައިރު، ފޮޓޯ ނަގާލުމަކީ މިއަދު ކޮންމެ މީހަކަށްވެސް ކުރަން އެނގޭ ކަމެކެވެ. ނަމަވެސް ގިނަ ފަހަރަށް ދިމާވާ މައްސަލައަކީ މި ފޮޓޯތައް ޑިޖިޓަލްކޮށް ހުރުމުގެ ސަބަބުން ގެއްލިދާ މައްސަލައެވެ. ނަމަވެސް ފޫޖީ ފިލްމް އިންސްޓެކްސް އާއެކު މިމައްސަލައަށް ގިނަ ބަޔަކު މިވަނީ ހައްލު ހޯދާފައެވެ.

ފޫޖީ ފިލްމް އިންސްޓެކްސް އަކީ ދިވެހިންގެ ތެރެއިން ގިނަ ބަޔަކު ޚާއްސަކޮށް ގިނަ އަންހެނުން ބޭނުން ކުރަމުން އަންނަ ކެމެރާއެކެވެ. މިކެމެރާގެ ޚާއްސަކަމަކީ ކެމެރާއިން ފޮޓޯ ނެގުމާއެކު ފޮޓޯގެ ޕްރިންޓެއް އަތައް ލިބުމެވެ. މިއީ ދަތުރު ކުރާ ފަރާތްތަކުން އާއްމުކޮށް ގެންގުޅެމުން އަންނަ ބާވަތުގެ ކެމެރާއެކެވެ. މިކެމެރާ ރާއްޖޭގެ ބައެއް ފިހާރަތަކުން ލިބެން ހުންނައިރު، ބައެއް އޮންލައިން ޝޮޕްތަކުންވެސް ލިބެން ހުރެއެވެ. މިސާލަކަށް ދިވެހިންގެ ތެރެއިން ގިނަ ބަޔަކު ބޭނުން ކުރަމުން އަންނަ އެމަޒޮންގައި މި ކެމެރާގެ އަގު ހުރީ ގާތްގަނޑަކަށް 99 ޑޮލަރަށެވެ. އެއީ އޭގަށް ލައްވާ ފިލްމާއި އިތުރު ބައެއް އާލާތްތަކާއި އެކުގައެވެ.

ނަމަވެސް މިސީރީޒްގެ ހަމައެކަނި ކެމެރާއެއްގެ އަގު މިއަށްވުރެ ހެޔޮކޮށް އެބަހުއްޓެވެ. އެއީ 67 ޑޮލަރަށެވެ.

ކޮންމެޔަކަށް ދިވެހިންގެ ތެރޭގައި ފޫޖީ ފިލްމް އިންސްޓެކްސް މިވަނީ ވައި ހިފާލާފައެވެ. ދަރިފުޅަށް ނުވަތަ ލޯބި ވެރިޔާއަށް ދޭންވެސް މިއީ ހަމަ އެއްވަނައިގެ ހަދިޔާއެކެވެ.

ކިޔުންތެރިންގެ ހިޔާލު