ނަރަންޔާ ރެޑީއަކީ އިންޑިއާއަށް ނިސްބަތްވާ ބޮޑު ކައްކާ އެކެވެ. އޭނާގެ ކައްކާ ވީޑިއޯ ތަކަށް އެތައް ބައެއްގެ ސަމާލުކަން ލިބުނެވެ. އޭނާ ބޮޑު ތެލިތެލީގައި ކައްކާ އެއްޗެހި ދެނީ ފަގީރުންނަށް ކާންށެވެ.

އޭނާ ކައްކާ ވީޑިއޯތައް ލުމަށް ގްރޭންޑްޕާ ކިޗަންގެ ނަމުގައި ހާއްސަ ޗެނަލްއެއް ވެސް އިނެވެ. އެ ވީޑިއޯތަކަށް މިލިއަނެއްހާ ވިވްސް ލިބެއެވެ. އޭނާގެ އެ މޮޅެތި ކެއުންތައް ކައްކާ ނިންމާ އޭނާ އެ އެއްޗެހި ހަދިޔާ ކުރަނީ ޗެރިޓީސް ތަކަށެވެ.

ނަމަވެސް ދާދި ފަހުން އޭނާ މި ދުނިޔެއާ އަލް ވަދާއު ކިޔައިފިއެވެ.

މިދިޔަ އޮކްޓޯބަރ މަހުގެ 30 ވަނަ ދުވަހު އޭނާގެ ޗެނަލް މެދުވެރިކޮށް އާއިލާ އިން އޭނާ މަރުވި ހަބަރު ގެނެސްދިންއިރު، މިހާރު އޭނާގެ އާއިލާއިން ދަނީ އޭނާ ކުރަމުންދާ މަސައްކަތް ކުރަމުންނެވެ. އެއީ ފަގީރުންނަށް ކާން ދިނުމެވެ.

އެކަމުގައި ބައިވެރިވާ އެކަކު ސީއެންއެމްއަށް ބުނީ، އެ މީހުންނަކީ ސިޓީގެ އެކި ތަންތަނުގައި މަސައްކަތްކުރާ ބައެއް ކަމަށެވެ. އަދި ނާރަންޏާ ކައިރިއަށް އެ މީހުން ޒިޔާރަތްކުރާ ކޮންމެ ފަހަރަކު ކައްކާފައި ކާންދޭ ކަމަށް އޭނާ ބުންޏެވެ.

" އަޅުގަނޑުމެން ބޮޑުބޭބެގެ އެ މަސައްކަތް ދަމަހައްޓާނަން"

2017 ވަނަ އަހަރު އުފެއްދި އެ ޔޫޓިއުބް ޗެނަލްގެ ތަފްސީލުގައި ލިޔެފައިވާގޮތުގައި، އެ މީހުންގެ އަމާޒަކީ، ފަގީރު ހާލުގައި އުޅެމުންދާ ކުދިންނަށް ކާނާ އާއި ސްކޫލް ތަކެތީގެ އިތުރުން ހަދިޔާ އެ މީހުންނަށް ދިނުމެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޗިކަން

    އައި ތޯޓް އިޓްސް ޗިކަން

    1
    1