ވެޓެރަން އެކްޓްރެސް މޮއުޝްމީ ޗެއްޓަރްޖީސްގެ އަންހެން ދަރިފުޅު ޕާޔަލް މަރުވެއްޖެއެވެ.

އުމުރުން 45 އަހަރުގެ ޕާޔަލް މަރުވެފައި ވަނީ ކޯމާގައި އޮންނަތާ އަހަރެއްހާ ދުވަސް ފަހުންނެވެ. އޭނާ މަރުވުމުގެ ކުރިން ދިޔައީ ހަކުރު ބައްޔަށް ފަރުވާ ހޯދަމުންނެވެ.

ވަރަށް ކުޑަ އިރުން ފެށިގެން ވެސް އޭނާ ދިޔައީ އެ ބައްޔަށް ފަރުވާ ހޯދަމުންނެވެ.

އޭނާ ވަނީ 2010 ވަނަ އަހަރު ވިޔަފާރިވެރިޔާ ޑިކީ ސިންހާ އާއި ކައިވެނި ކޮށްފައެވެ.

އޭގެ ފަހުން ޕާޔަލްގެ ސިއްހީ ކަންކަން ދަށަށް ދިޔައިރު، ފިރިމީހާ އާއި އެ އާއިލާގެ އަޅާލުން އޭނާއަށް ނުލިބޭ ކަމަށް ބުނެ މޮއުޝްމީ ވަނީ ކޯޓަށް މައްސަލަ އެއްވެސް ހުށަހަޅާފަ އެވެ. މޮއުޝްމީ ބުނާގޮތުގައި، ދަރިފުޅުގެ ބޭސްފަރުވާގެ ބިލްތަކާއި އެއްޗެހި އެ މީހުން ދައްކާފައި ނުވާ އިރު، އޭނާއާ ބައްދަލު ނުކުރެވޭނެ ގޮތްވެސް ހެދި އެވެ.

އެ ބަލީގައި އެތައް އަހަރަކު އުޅުމަށްފަހު ޕާޔަލް މަރުވެފައި ވަނީ މިއަދުއެވެ.

މޮއުޝްމީ ގެ ދަރިފުޅު މަރުވުމާއި ގުޅިގެން ގިނަ ފަންނާނުން ހިތާމަ ފާޅު ކުރަމުން އަންނައިރު, ގިނަ ބަޔަކު ދަނީ މޮއުޝްމީ އަށް ހިތްވަރު ދެމުންނެވެ.

މޮއުޝްމީ ވަނީ ހިންދީ ބައެއް ފިލްމްތަކާއި، ބެންގަލް ފިލްމް ތަކުން ފެނިގެން ގޮސްފައެވެ. އޭނާ އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ 2017 ވަނަ އަހަރު ނެރުނު ފިލްމް ޕީކޫ އިންނެވެ. އޭގެ ފަހުން އޭނާ ވަނީ ފިލްމީ ދާއިރާއާ ދުރަށް ގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    އަލްހަމްދުލިﷲ

    2
    5