ޖިއޯޖިއާގައި އޮތް 10 ކިލޯމީޓަރުގެ ދުވުމެއްގެ ތެރެއިން، އެ އިވެންޓު ކަވަރު ކުރަން ހުރި އަންހެން ރިޕޯޓަރަކަށް ފުރައްސާރަކުރި ޔޫތް މިނިސްޓަރަކު ހައްޔަރުކޮށްފިއެވެ.

ޚަބަރުތައް ބުނާ ގޮތުގައި ހައްޔަރުކޮށްފައިވަނީ އެގައުމުގެ ސްޓޭޓްސްބްރޯގެ ޔޫތް މިނިސްޓަރު، އުމުރުން 43 އަހަރުގެ ތޯމަސް ކެލަވޭ އެވެ. އޭނާ ހައްޔަރުކުރީ ރިޕޯޓަރުގެ ފުރަގަސްފަރާތުގައި އަތް ލުމުގެ ސަބަބުން ކަމަށް ޚަބަރުތައް ބުނެއެވެ. އޭނާ އެ އަމަލު ހިންގާ މަންޒަރު ދައްކުވައިދޭ ވީޑިއޯވެސް އާންމުވެފައިވާއިރު އެ ވީޑިއޯ ބެލި މީހުންގެ އަދަދު ވަނީ 12 މިލިއަނަށްވުރެ މައްޗަށް އަރާފައެވެ. އޭނާ އެ އަމަލު ހިންގި އިރު ރިޕޯޓަރު ހުރީ ލައިވް ކޮން އޮން ކެމް ހެދުމަށް ކެމެރާ ކުރިމަތީގައެވެ.

އެ މަންޒަރު ލައިވްކޮށް ބްރޯޑްކާސްޓުވެފައި ހުރި އިރު، އެ ރިޕޯޓަރު ބުނެފައިވާ ގޮތުގައި އޭނާ އެކަމާ މެދު ލަދުވެތިވާ ކަމަށެވެ. އަދި އޭނާއާ މެދު އެ ހިންގި އަމަލަކީ އޭނާ ވަރަށް ރުޅި އައި ކަމެއް ކަމަށާއި އެއްވެސް އަންހެނަކާ މެދު އެފަދަ ގޮތަކަށް އަމަލު ކުރެވިގެން ނުވާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހަސަން

    ކޮބާތަ އެވީޑީއޯ؟