ރައިހާން އާދަމް މޯލްޑިވިިއަން އައިޑޮލް ސީޒަން ތިނެއްގެ ދަތުރު ނިންމާލަން ޖެހިއްޖެއެވެ.

ރައިހާންގެ ރޭގެ ހުށަހެޅުމަށް ބަަލައި ޖަޖުންގެ މާކްސް އާއި ބެލުންތެރިންގެ 50 އިންސައްތައާއެކު އައިޑޮލްގެ ދަތުރު އޭނާ ނިންމާލީ އެތައް ބަޔަކު ހައިރާންކޮށްލާފައެވެ. އައިޑޮލްގައި ރީތި ލަވަތަކެއް ގެނެސްދިން ފަންނާނެކެވެ.

ރޭގެ ލަވަތަށް ހުށަހަޅައިދީފައި ވަނީ "ރެގޭ" ސްޓައިލަށެވެ.

މިހާހަމައަށް އައިރު، އަބަދުވެސް ޖަޖުން ކިޔާދެމުން އައި ކަންތައް ރޭވެސް ވަނީ ކިޔާދީފައެވެ. އަދި އިތުރަށް ރަނގަޅު ކުރަންވީ ކަންތައްވެސް ބައިވެރިންނަށް ކިޔާދިންއިރު، ބައިވެރިން މިހާތަނަށް އައިރު ރަނގަޅުކޮށްފައި ހުންނަ ކަންތައްތައްވެސް ވަނީ ކިޔާދީފައެވެ.

ރޭގެ ލަވަތަކަށް ބަލާއިރު، ހުރިހާ ބައިވެރިންގެ ފަރާތުންވެސް ތަފާތު ހުށަހެޅުމެއް ފެނިގެން ދިޔައެވެ. ކޮންމެ ބައިވެރިއަކުވެސް އެ ބައިވެރިއެއްގެ އެންމެ ފުލް ޕޮޓެންޝިއަލް އެ ބައިވެރިއެއްގެ ލަވައަށް ދިންކަން ފާހަގަކޮށްލަން ޖެހެއެވެ.

މިރޭވެސް ބައިވެރިންގެ ފަރާތުން ރީތި ލަވަތަކެއް ވަނީ ފެނިގެން ގޮސްފައެވެ.

މޯލްޑިވިއަން އައިޑޮލްގެ ގަދަ ހައެއް ޔަގީންވި ބައިވެރިންނަކީ

ހަސަން ޝަހުދާން

އައިމިނަތު ސައިނާ މުހައްމަދު ރަޝީދު

ތަސްލީމް ޢަބްދުލްކަރީމް

ނައުޝާދު ޢަބްދުލްލަތީފް

މަރިޔަމް މައީޝާ

އައިޝަތު އަޒަލް އަލީ ޒާޙިރު

 

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. މާ ކުރިންވެސް ކަޓަން ވެފަ ހުރި މީހެއް ތީ. .

  2. އެންމެ ރީތި ކޮށް ލަވަކިޔާ ކުއްޖާ އެ ކެޓީ.

  3. ޥަރަސަލި ރައިހަަނ

  4. ކަލޯ އެއްނުންތަ ކަޓަން ވީ...

  5. ރާއްޖެތެރެ މީހާ

    އަސްލު ކަޓަން ޖެހޭނީ ސައިނާ!

  6. ބަންގްލަޑޭސް އައިޑަލް

    އަސްލު ކަޓަން ޖެހޭނީ ސައިނާ!

  7. އަސްލު ޝައިނާ ކަންޓަންވާނީ. ކޮންމެ ރެއަކުން އަޑުގެ މައްސަލައެއް ހުރީއޭ ކިޔައިގެން އޮޅުވާލައިގެން އުޅެނީ. އަދި ރެގޭ ނައިޓްގައިވެސް އޭނާ ނެގީ ހިންދީ ރާގަކަށް ހަދާފައި އޮތް ބާ ލަވައެއް. ދެން ކިޑީ ދައްތަ ވެސް ފެވަރ ކުރާކަން ވަރަށް ބޮޑަށް ސެޓް ތެރެއިންވެސް ފާޅުވޭ. އެހެނީ، މާކުރިން އޭނާގެ އަޑު ސަކަރާތްކަން ކިޑީ ދައްތައައް އޮންނަނީ އިނގިފައި. ހަގީގަތުގައި، ރޭ އެލިމިނޭޓް ވާން ޖެހޭ ފަރާތަކީ ޝައިނާ.

  8. މި އަހަރު އައިޑަލް ފެށީ ޓައިޓަލް ސައިނާއަށް ދީގެން. ދެން އިތުރު ގޮތެއް ނޯންނާނެއެއްނުން.

  9. ރޭގަ އަސްލު ކަޓަން ޖެހޭނީ ސައިނާ. ރެގޭ ނައިޓްގަ ރެގޭ ލަވައެއް ނޫން ކީ ވެސް. ސްކޫލް ލަވަ މުބާރާތަކުގައި ކިތަންމެ ވަނަތަކެއް ލިބިފައި ހުއްޓަކަސް އައިޑޮލްގަ އެކަމަށް ބަލައިގެން ނުވާނެ. އެރެއެއްގަ ދައްކާ ޕާފޯމަންސް އަކަށް މާކްސް ދޭންވާނީ. މިފަހަރު އައިޑޮލްގަ ޖަޖުން ތިބެނީ މާ ބޮޑަށް ސައިނާ ވެފަ.

  10. ކަޓަންވީ މައިޝާ ވަރަށް ހަޑި ލަވަކިޔާލޭ

  11. ސައިނާ ކަޓަންވީ އަސްލު ފުރަތަމަ ކިޑީ ކަޓުވާލަން ވީ އޭރުން ސައިނާ ކަޓާނީ ތި ސައިނާ ޔަކު އައިޑޮލް ފެށުނީއް ސުރެން ރޯގާ ރަންގަޅުވާ ކަމަކައް ނުހަދައެއްނު

  12. ތި ސައިނާ ކަޓުވާލަންވީ!!!!!!!!!!!!!ހޫން!!!ވަރަށް ފޫހިވޭ!!!!

  13. ޒިޔާނާ ތަކައް ނޭން ގޭނެ . ރައިހާން ކެޓީ ރާޖޭ ތެރޭ މީހަކައް ވާތީ . ގަސް ތުގައި ކަތުވާލީ

  14. މިސަރުކާރަކުން ޑިސްކޯ ކުރުމަކަށް ޖާގައެއްނެތް މިވީ ކިހިނެއް

  15. ސައިނާ އަށް ކޯޗް ދޭ ލަވަޔެއްތާ ކިޔޭނީ' ސައިނާ އާ އެއްފެންވަރަކަށް ލަވަ ކިޔޭ ކުއްޖެއް ތިތާކު ނެތް .....ހެސްކިޔާފަ ހަޅޭއްލެވިޔަކަސް އެއީ ކީ ލަވަ ކިޔުމެއް ނޫން ...ކިޑީ ފޭވަރ ކުރެ އޭ ބުނާ އިރު ކިޑީ އަށް ލަވަޔަކީ ކޯޗެއްކަން އިގެނީ ....

  16. މަގޭ ހިތަށް އަރާ މި ކޮމެންޓް ކުރާ މީހުންނަށް ކޯޗެއްބާ އިނގެނީ ......ލަވަޔާ ބެހޭގޮތުން.