މަޝްހޫރު މީހުން ކަމެއް ކުރާނަމަ އަބަދުވެސް އާއްމުންގެ ސަމާލުކަން ލިބޭނެެެއެވެ. އަނެއްކާވެސް މިފަހަރު ދައްކަން މި ޖެހެނީ ސަލްމާން ޚާންގެ ވާހަކައެވެ،

ސަލްމާން މީގެ ކުރިން މަސައްކަތްކޮށްފައިވާ އެއް ފިލްމްކަމަށް ސުލްތާންގެ ޑައިރެކްޓަރ އަލީ އައްބާސް ޒަފަރް މި ވަނީ ސަލްމާންގެ މީގެ ކުރީގެ ނުފެންނަ ވީޑީޔޯއެއް މީސް މީޑިޔާގައި ހިއްސާކޮޑްފައެވެ.

2016 ވަނަ އަހަރުގެ އެ ފިލްމްގައި ސަލްމާން ފެނިގެން ގޮސްފައި ވަނީ ރެސްލިންގ ކުރާ މީހެއްގެ ގޮތުގައެވެ. އެގޮތުން ސަލްމާން އެކަމަށް ތައްޔާރުވާ ވީޑިޔޯއެއް މި ވަނީ މީސް މީޑިޔާއަށް ލާފައެވެ.

ސަލްމާންގެ އެ ވީޑިޔޯއަކީ ދަންވަރު 2:00 ޖެހިހާއިރު ނަގާފައިވާ ވީޑިޔޯއެކެވެ. އެ ވީޑިޔޯއިން ފެންނަނީ ސަލްމާން ފަހަތަށް ބުރުއަޅަން ދަސް ކުރާ މަންޒަރެެވެ. މިއީ އެހާ ދުވަސްވީ ވީޑިޔޯއެއް ނަމަވެސް އެތައް ބައެއްގެ ސަމާލުކަން މި ވީީޑިޔޯއަށް ދަނީ ލިބެމުންނެވެ.

ސަލްމާން ޑައިރެކްޓަރ އަލީ އައްބާސް ޒަފަރްއާއެކު ފުރަތަމަ މަސައްކަތް ކުރި ފިލްމަކީ ސުލްތާންއެވެ. އޭގެ ފަހުން ޓައިގާ ޒިންދާ ހޭ އިންވެސް ސަލްމާންއަށް ވަނީ ފުރުސަތު ލިބިފައެވެ، އަދި އަންނަ އަހަރު ނެރުމަށް ހަމަޖެހިފައިވާ ބާރަތް އިން ވެސް ސަލްމާންއަށް ފުރުސަތު ދީފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މަހަށްދޭބަލަ

    ސަލްމާން އެއީ ބޮލީ ވުޑް ގައި އުފެދުނު އެންމެ ރަނގަޅު ބޮޑީ ފިގަރ އަދި އެކްޝަންސް ފިލްމްސް ތަކަށް އެންމެ ވަރުގަދަ ބަތަލު. ތަމެން ދެން މަހަށް ދޭބަލަ މޮދީ މެން. ސަލްމާން އަކާއި ނުކުޅެވޭނެއެވެ. މަހަށް ދޭބަލަ ދެން. މަހަށް މަހަށް މަހަށް މަހަށް ދޭބަލަ.

  2. ހުސޭނުބޭ

    ބަނޑުކުކުރާތީވެ ނުނިދިގެން ފާޚާނާއަށް ވަނީ.