އިންޑިއާގައި އެކްޓަރުންގެ ގޮތުގައި މިހާރު ފެންނަމުންދާ އަޝްމިތް ޕަޓެލް އާއި މެހެކް ޗަހަލް ކައިވެންޏަށް ތައްޔާރުވަމުން ދާތާދުވަސްކޮޅެއް ފަހުން ރުޅިވެއްޖެއެވެ.

މި ދެ އެކްޓަރު އުޅުނީ އެންޖޭގްވެސް ވެގެންނެވެ. މި މީހުން އެންގޭޖްވީ 2017 ވަނަ އަހަރުގެ އޮގަސްޓް މަސް ތެރޭގައެވެ. އެ މީހުން އެންގޭޖްކޮށްގެން އުޅޭތާ ދެ އަހަރު ވަރު ފަހުން މިހާރު ގުޅުން އެއްކޮށް ވަނީ ކެނޑިފައެވެ. މަހެކް ވަނީ އެ ދެ މީހުން ރުޅިވިކަން ޓައިމްސް އޮފް އިންޑިއާއަށް މައުލޫމާތު ދީފައެވެ.

އެ މީހުން ރުޅިވިއިރު ދިޔައީ ކައިވެނީގެ ކަންކަން ނިންމުަމުންނެވެ.

މަހެކް ބުނީ، އޭނާ އަޝްމިތް ދޫކޮށްލާފައި ވާ ކަމަށާއި، އަދި އެ ގުޅުން ކަނޑަން ނިންމައި، ދާން ޖެހުނީ ކަމަށް އޭނާ ބުނެފައި ވެއެވެ.

އަޝްމިތްވެސް ވަނީ އެކަން ކަށަވަރުކަށްދީފައެވެ. ނަމަވެސް އެކަމާއި ގުޅޭގޮތުން އޭނާ ވަހަކަދައްކަން ބޭނުމެއް ނޫނެވެ.

ރިޕޯޓްތައް ބުނާގޮތުގައި، މި ދެ މީހުންވެސް ދިޔައީ ކައިވެނީގެ ހަފްލާ ބޭއްވުމަށް ތަނެއް ހޯދުމުގެ މަސައްކަތްވެސް ކުރަމުންނެވެ. މި ދެ މީހުން ރުޅިވިތާ ދުވަސްކޮޅެއް ވެއްޖެއެވެ.

އަދި ދެ މީހުންވެސް ވަނީ މީސް މީޑިއަށް ލާފައި ހުރި ދެ މީހުންގެ ފޮޓޯތައްވެސް ނަގާފައެވެ.

އަޝްމިތް އާއި މަހެކް ވަނީ ބިގް ބޮސް އިން ފެނިގެން ގޮސްފައެވެ. ދެ މީހުން ފެނިގެން ހޮސްފައި ވަނީ ދެ ސީޒަންގައެވެ. އަޝްމިތް ފެނިގެން ދިޔައީ ބިގްބޮސް ސީޒަން ތިނެއް އިންނެވެ. މަހެކް ފެނިގެން ގޮސްފައި ވަނީ ސީޒަން 5 އިންނެވެ.

އަޝްމިތް އާއި މަހެކް ވަނީ އިންޑިއާގެ ބައެއް ފިލްމްތަކުންވެސް ފެނިގެން ގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ތަރިކަ

    މީވެސް ޚަބަރެއްތަ؟

    8
    6
  2. ޒޯޑީ

    ހަޤީޤީ ލޯބި ނުވެ ގެރި ލޯބިވީމަ ވަނީ ތިހެން؟ ދެން ވެސް ހަޤީޤީ ލޯބިވާން ދަސްކޮށްބަލަ!

    21
    5
  3. ނަބާ

    ހަޤީޤީ ލޯބިވާން އިނގޭނީ ދިވެހި ފިރިހެނުންނަށް އެކަނި، އެވެސް މީހަކާ އިނދެވުނީމާ ، ދެންދާންފަށަނީ ވަގު “އަނބިން” ކައިރިޔަށް، މީ ދިވެހި ފިރިހެނުން ދަންނަ ތިޔަބުނާ ހަޤީޤީ ލޯބި😡

    49
    1
  4. މައިތިރި

    2ެހެންވީމަތާ އަޅުގަނޑުމެއް މިއުޅެނީ 4 ހަމަކޮއްގެން އެހެންވީމަ ވގ މިދެއަކުރު ނުކިއާނެ ދެއްތޯ ދިވެހި ފިރިހެނުންނަކީ ލޯބިވާންއެގޭ ބައެއް ލޯބިދޭން އެގޭބައެއް