ދިވެހި ފިލްމް އިންޑަސްޓްރީގައި ގިނަ ދުވަހު މަސައްކަތްކޮށްފައިވާ، އަދި މިހާރުގެވެސް ތަރި އަލި ސީޒަންގެ ފޭސްބުކް އެކައުންޓު ހެކް ކޮށްލައިފިއެވެ.

ސީޒަންގެ ފޭސްބުކް އެކައުންޓު ހެކް ވެފައިވާކަން އޭނާ ވަނީ އިންސްޓަގްރާމް މެދުވެރިކޮށް ހާމަކޮށްފައެވެ. އިންސްޓަގްރާމުގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އޭނާގެ ފޭސްބުކް އެކައުންޓު ހެކްކޮށްފައިވާކަމަށާއި އެކަމަށް ރަށްޓެހިންނާއި އާއިލާއިން ސަމާލުވުމަށް އެދޭ ކަމަށެވެ.

އޭގެއިތުރުން ސީޒަންވަނީ އިންސްޓަގްރާމް ސްޓޯރީ އަށްވެސް ހެކް ކޮށްފައިވާ ސީޒަންގެ ފޭސްބުކް އައިޑީގެ ފޮޓޮއެއް “ހެކްޑް” ޖެހުމަށްފަހު ލާފައެވެ.

ސީޒަން އަކީ ދިވެހިންގެ ތެރޭގައި މަޝްހޫރުވި އެތައް ފިލްމެއް ކުޅެފައިވާ އެކްޓަރެކެވެ. މިހާރު އޭނާ އަކީ މޮޅު ޑައިރެކްޓަރެއްގެ އިތުރުން ކުޅަދާނަ ޕްރޮޑިއުސަރެއްވެސް މެއެވެ. އެގޮތުން މިހާރު އޭނާ ކުރަމުންދާ މަސައްކަތަކީ "ލޯބި ވެވިއްޖެ" ފިލްމުގެ މަަސައްކަތެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ހިޔާލު

  ޒަހަރު އެބަހުރިތަ ޒަހަރު

  30
  2
 2. ޕްރައިމަރީ

  ހެޑްލައިނަށް އެރީ ދޯ ؟
  އިންސްޓަގްރާމަށް ވަދެވިފަ ފޭސްބްކަށް ނުވަދެވުނީމާ ތިކިޔާއެއްޗެއް އެބަ އިނގޭތަ ؟

  20
  3
 3. ގުއިދައިތަ

  މުޅިން ވެސް ސްޓަންޓް. މިއިން މީހެއްގެ ޚަބަރެއް ނުޖަހާތާ ލައްކަ ދުވަސް ވެއްޖެ އެއްނު. އަހަރުންނަށް ހެޔޮ ކަލޭގެ ހުރިހާ އެއްޗެއް ހެކް ކުރިއަސް. ފަރުވާލެއް ނެތް

  18
  2
 4. ނުވިސްނޭ ރައްޔިތުމީހާ

  ޕްރޮޑިއުސަރުން ކުޅަދާނަ ވަނީ ކިހިނެތްކަން ލިޔުން ތެރިޔާ ބުނެދީފާނަންތަ؟ މިމޮޔަ ސިކުނޑިއަށް ނުވިސްނިގެން މިއުޅެނީ ހަމަ.

  15
  1