މިހާރު ޒުވާން ޖީލްތައް ހޭދަކުރަމުންދާ މީހަކު އުމުރުން 80 އަހަރު ވެގެން ދާއިރު މޯބައިލް ފޯން އެއީ އާއެއްޗަކަށް ވެގެންނެއް ނޫޅޭނެއެވެ. އޭރު އާއެއްޗަކަށް ވެގެން މުސްކުޅިންނަށް އަޖައިބަކަށް ވާނީ ކޮންމެވެސް އެހެން އުފެއްދުމެކެވެ.

ނަމަވެސް މިހާރު އުމުރުން ދުވަސްވެފައިވާ މީހުންނަށް މޯބައިލް ފޯނަކީ ވެސް ވަަރަށް އާއެއްޗެކެވެ. އަދިވެސް މޯބައިލް ފޯނެއް ބޭނުން ކޮށްލަން ނުލިބޭ އެތައް ބަޔަކު އެބަތިއްބެވެ. މޯބައިލް ފޯނަކީ ކިހިނެއް މަސައްކަތް ކުރާ އެއްޗެއް ކަން ނޭނގޭ އެތައް ބަޔަކު އެބަތިއްބެވެ.

މިއީ އެމެރިކާގެ ފޯނިކްސް ގައި ދިރިއުޅޭ އުމުރުން 80 އަހަރުގެ ފިރިހެނެކެވެ. ކާފަ އެކެވެ. އޭނާ އަށް ފުރަތަމަ ފަހަރަށް މޯބައިލް ފޯނެއް ލިބުމުން ކަންތައް ކުރިގޮތައް އެތައް ބައެއްގެ ސަމާލުކަން މިވަނީ ހޯދާފައެވެ.

އެމަންޒަރު ޓްވިޓާ މެދުވެރިކޮށް 2.61 މިލިއަން މީހުން ބަލައިފިއެވެ. އެވީޑިއޯ އަށް ދޮޅު ލައްކަ އާއި ގާތް ކުރާ އަދަދެއްގެ ރީޓްވީޓް މިހާރު ލިބިއްޖެއެވެ. ތިރީގައި އެވަނީ ވީޑިއޯ ހިމެނޭ ޓްވީޓެވެ.

https://twitter.com/chapisssss_/status/963222491031203840

 

ކިޔުންތެރިންގެ ހިޔާލު