އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ނެހާ ކައްކަރް އާއި އަޑިތްޔާ ނާރަޔަންސް އާ ދެ މީހުން ކައިވެނި ކުރުމަށް ނިންމާފައިވާކަމަށް ރިޕޯޓްތައް ބުނަމުންދެއެވެ. ގިނަބަޔަކު ދެން ބޭނުންވަނީ މި ދެތަރިން ކައިވެނި ކުރާނު ދުވަހެއް ހޯދުމަށެވެ.

އެ ވާހަކަތައް ހޯދުމަށް ގިނަަބަޔަކު މަސައްކަތް ކުރަމުން އަންނައިރު، އަޑިތްޔާގެ ބައްޕަ އުޑިތް މި ވަނީ އެ ދެ މީހުންގެ ގުޅުމާއި ގުޅޭގޮތުން ވާހަކަދައްކާފައެވެ.

އުމުރުން 64 އަހަރުގެ ލަވަކިޔުންތެރިޔާ އުޑިތް ބުނީ، ނެހާ އަކީ ވަރަށް ސްވީޓް އަންހެނެއް ކަމަށާއި، ވަރަށް ރީއްޗަށް ލަވާ ކިޔާވެސް އަންހެނެެއް ކަމަށެެވެ.

"އަހަންނަށްވެސް އޭނާ ވަރަށް ކަމުދޭ، އަދި ވަރަށް ގިނަބަޔަކަށްވެސް އޭނާ ކަމުދޭ. އަހަންނަށް ވަރަށް ކަމުދޭ އޭނާ އިންޑަސްޓްރީގައި ވިދަމުންދާ ގޮތް ފެނިފައިވެސް، އަހަރެން އޭނާގެ ލަވަތައްވެސް އަޑުއަހަން". އުޑިތް ބުނެފައި ވެއެވެ.

އޭނާ އިތުރަށް ބުނެފައިވަނީ، ދެ މީހުން ވަރަށް ގާތްކޮށް އުޅޭތަން ފެންނަ ކަމަށާއި، އެ ދެ މީހުން އިންނަން އުޅޭނަމަ، އަހަރެން އެކަމާއި ދެކޮޅު ހަދާކަށް ނެތް ކަމަށެވެ.

"އަހަރެން ބޭނުން އާއިލާގައި އަންހެން ލަވަކިޔުންތެރިއެއް". އޭނާ ބުނެފައި ވެއެވެ.

އަޑިތްޔާ މިހާރު ހޯސްޓް ކުރަމުން ދަނީ އިންޑިއަން އައިޑޮލް 11 އެވެ. އޭގައި ނެހާ ޖަޖެއްގެ ގޮތުގައި ފެނިގެން ދެއެވެ.

މި ދެ ތަރިންގެ ގުޅުމާއި ގުޅޭގޮތުން ދެ މީހުންވެސް އަދި ވަކި އެއްޗެއް ނުކިޔައެވެ.

ކިޔުންތެރިންގެ ހިޔާލު