ރާއްޖޭގެ ފިލްމީ ދާއިރާ ކުރިއަރުވަން ލު އިލޯނު ހަމަޖައްސައިދޭނެކަމުގެ ޔަގީންކަން އިކޮނޮމިކް މިނިސްޓްރީއިން ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)އަށް ދީފިއެވެ.
ޕީއެސްއެމްއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ފިލްމީ ދާއިރާއަށް ފަންޑު ހޯދުމަށް އިކޮނޮމިކް މިނިސްޓްރީއާއެކު އިއްޔެ މަޝްވަރާ ކުރި ކަމަށާއި، ފިލްމީ މަސައްކަތްތަކަށް ލުއި ލޯނު ދޫކުރެވޭނެ އިންތިޒާމުތަމެއް ހަމަޖައްސައިދޭނެކަމުގެ ޔަގީންކަން އެ މިނިސްޓްރީއިން ދިން ކަމަށެވެ.
ޕީއެސްއެމްއިން ބުނީ، މި ލޯންތައް ހޯދައިދިނުމުގެ ބޭނުމަކީ މިދާއިރާއިން ވިޔަފާރިކުރާ ފަރާތްތަކަށާއި އަލަށް މިވިޔަފާރީގެ ތެރެއަށް ވަންނަން ބޭނުންވާ ޒުވާނުންނަށް އެކަމަށް މަގުފަހިކޮށްދިނުން ކަމަށެވެ.
އަދި މި މަސައްކަތްތައް ކުރިޔަށް ގެންދެވުމަށްޓަކައި ޕީއެސްއެމްއާއި އޮކޮނޮމިކް މިނިސްޓްރީއާއިއެކު އެއްބަސްވުމެއްގައި ސޮއިކުރެވުމާއެކު،ފިލްމު އިންޑަސްޓްރީއަށް ލުއިލޯނު ދޫކުރުމާއި ފަންނީ އެހީތެރިކަން ދިނުމުގެ މަސައްކަތް ފުޅާދާއިރާއެއްގައި ފެށުމަށް ކަނޑައެޅައި، މިކަމުގެ ތަފްޞީލުތައް ވަރަށް އަވަހަށް އާއްމުކުރާނެކަމަށް ޕީއެސްއެމް އިން ބުންޏެވެ.
ފިލްމީ ދާއިރާ އަކީ އެއީ ސީދާ ކަންޓްރީ ސައިޑެމެން ފަދަ ސެންސްލެސް އެއްޗިއްސަށް ބޭސްކޮށް ހަދާ އެއްޗަކަށް ވާތީވެ ފިލްމްސްް ތައް ނުހިނގަނީ. އެހެން ކަމުން އެ އެބަޖެހޭ ލިޓިލް ޓޯކިޔޯ ސައިޑް އަށް ކަމުދާ ގޮތަށް އެކަން ކުރަން.
ކޮބާްް ޤުރްއާނުގެ ދާއިރާޔަށް. ތަންތަނުގެ ކުލި ފަޅާގެންގޮސް ފުޜާޅުންބޭރުވެއްޖެ. ބުރިޖު އަޅާފިއްޔާ ކުލިތައް އުދުހޭނެ. މިކަންްހުއްޓޭނެ. ﷲގެފޮތް ކިޔަވދޭ ކްލާސްތައް ވރ ގިނަ. ކާކު އަޅާލަނީ