އިންޑިއާގެ މެންގަލޫރު އެއާޕޯޓް ގޮއްވާލުމަށް ބޮމެއް ހަރު ކުރި ކަމުގެ ތުހުމަތު ކުރެވުނު މީހަކު، ފުލުހުން ހައްޔަރު ކުރުމުގެ ކުރިން އަމިއްލައަށް ފުލުހުންނާއި ހަވާލުވެއްޖެއެވެ.

އިންޑިއާގެ ފުލުހުން ބުނެފައިވަނީ އެއާޕޯޓް ގޮއްވާލުމަށް މަސައްކަތް ކޮށްފައިވަނީ އުމުރުން 36 އަހަރުގެ ފިރިހެނެއް ކަމަށާއި އޭނާ އެ އެއާޕޯޓް ގޮއްވާލަން އުޅުނީ ބައިވަރު ފަހަރު ވަޒީފާއަށް ލައިގެންވެސް އެ ވަޒީފާ ނުލިބުމުން ކަމަށެވެ.

އެއާޕޯޓްގެ ސެކިއުރިޓީ ބަލަހައްޓާ ފަރާތްތަކުން ބުނެފައިވަނީ އެއާޕޯޓް ތެރެއިން ގޮވާ ޒާތުގެ ތަކެތި ފެނިގެން ފުލުހުންނަށް ރިޕޯޓް ކުރިކަމަށެވެ. އަދި އެވަގުތު ކެމެރާތައް ބަލައި އެތަކެތި ބެހެއްޓި މީހާ ދެނެގެނެވިފައިވާ ކަމަށެވެ. ފަހުން އޭނާ ފެނުނީ ރިކްޝޯ އަކަށް އަރައިގެން ދިޔަ ތަން ކަމަށް އެފަރާތުން ވަނީ ބުނެފައެވެ.

ފުލުހުން ވަނީ އޭނާ ހޯދުމަށް ފޮޓޯ އާއްމު ކޮށްފައެވެ.

އެއާޕޯޓްގައި ބޮމެއް ގޮއްވަން މަސައްކަތް ކުރި އަދިތްޔާ - ފޮޓޯ : ޕޮލިސް

މިނިޕަލް އަށް އުފަން އަދިތްޔާ ރައޯ ނަމަކަށް ކިޔާ އެމީހާ މިހާރު ވަނީ އަމިއްލައަށް ފުލުހުންގެ އިދާރާއަށް ގޮސްފައެވެ. އޭނާ މިހާރު ހުރީ އިތުރަށް އެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންގެ ބެލުމުގެ ދަށުގައެވެ.

އަދިތްޔާ ވަނީ މީގެ ކުރިން ބޭންކެއްގައި ވެސް މަސައްކަތް ކޮށްފައެވެ. އެހެން ނަމަވެސް އޭނާ އަބަދުވެސް ބޭނުންވަނީ އެއާޕޯޓުން ވަޒީފާ އަދާ ކުރަން ކަމުން، އެއާޕޯޓުން ވަޒީފާއެއް އިއުލާން ކުރާއިރަށް އޭނާ އެތަނަކުން ކެނޑެއެވެ. އަދި އޭނާ އެއާޕޯޓުގައި މަސައްކަތް ކުރަމުން ބޭނުންވެގެން، ވަޒީފާތަކަށް ކުރިމަތިލަމުންދާތާ ދެ އަހަރުވެދާނެ ކަމަށް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު