ދުބާއީގައި ދިރިއުޅެމުން އަންނަ އިންޑިއާގެ ކެރެލާ އާއިލާއަކުން ނޭޕާލްއަށް ޗުއްޓީއަށް ކުރި ދަތުރުގައި، އެންމެން މަރުވި ހަބަރު އެ އާއިލާގެ ރަހުމަތްތެެރިންނަށް އިވިގެން ދިމާއެކު އެ އެންމެންވެސް ތިބީ ޝޮކެއްގައެވެ. އެ އާއިލާ ނޭޕާލްއަށް ދިޔައީ، ދެމަފިރިންގެ ކައިވެނި ކުރިތާ 10 އަހަރު ފުރުން ފާހަގަ ކުރުމަށާއި، ދަރިންގެ އުފަންދުވަސްތައް ފާހަގަ ކުރުމަށެވެ.

ޕަރްވީން ކްރިޝްނާން ނައިރް އާއި އޭނާގެ އަނބިމީހާ ސަރަންޠާގެ އިތުރުން އެ ދެމަފިރިންގެ ތިން ދަރިން ވަނީ މަރުވެފައެވެ. އެ މީހުން މަރުވެފައި ވަނީ އެމީހުން ނޭޕަލްގައި ތިބި ރިސޯޓުގައި ގޭސް ލީކްވެގެން ހާސްވެގެންނެވެ. އެ ހާދިސާގައި ޖުމްލަ އަށް މީހަކު މަރުވިއެވެ.

މިދިޔަ އަންގާރަ ދުވަހު އެ ހާދިސާ ހިނގާފައިވާއިރު، އެ ހާދިސާގައި ޕަރްވީންގެ އާއިލާގެ ފަސް މީހަކު މަރުވިއެވެ. އެ މީހުން މަރުވެފައި ވަނީ އެ މީހުން ތިބި ރިސޯޓް ތެރޭގައި ގޭސް ލީކް ވެގެންނެވެ. އެ މީހުން ހޮސްޕިޓަލަށް ގެންދިޔައީ ހެލިކަޕްޓަރުގައެވެ. އެ މީހުން ހޮސްޕިޓަލަށް ގެންދިޔައިރުވެސް ތިބީ މަރުވެފައެވެ.

އެ ފިރިހެން މީހާއަކީ ކޮންޓްރެކްޓިންގ ކުންފުންޏެއްގައި މަސައްކަތް ކުރަމުން ދިޔަ މީހެކެވެ. ދުބާއީގައި ހުންނަ އެ ކުންފުނީގައި ޕަރްވީން މަސައްކަތް ކުރަމުންދާތާ 11 އަހަރު ވެދާނެއެވެ. އޭނަގެ އަނބިމީހާ ސަރަންޠާ ދިޔައީ މާސްޓަސްއަށް ކިޔަވަމުންނެވެ.

އެ މީހުންގެ އާއިލާއާ ހަވާލާދީ ނޫސްތައް ބުނާގޮތުގައި، އެ މީހުންގެ ތިން ދަރިންނަކީވެސް ޖެނުއަރީ މަހު ވިހެއި ކުދިންނެވެ. އެ ކުދިންގެ އުފަން ދުވަސް ކައިރި ކައިރީގައި އަންނައިރު، އެ މީހުން އުޅުނީ އެ ތަނުގައި އެ ކުދިންގެ އުފަން ދުވަސް ވަރަށް ކުލަފަދަކޮށް ފާހަގަކުރަން ކަމަށް ވެއެވެ.

އެ މީހުން ނޭޕާލްއަށް ގޮސްފައި ވަނީ މިދިޔަ ހުކުރު ދުވަހުއެވެ. އަދި އެނބުރި އަންނަން އޮތީ މި ހޮނިހިރުގައެވެ.

މި ހާދިސާގައި އިންޑިއާގެ އެހެން ދެމަފިރިޔަކާއި އޭނާގެ ދަރިފުޅުވެސް މަރުވިއެވެ.

ކިޔުންތެރިންގެ ހިޔާލު