2019 ވަނަ އަހަރު ސިނަމާތަކަށް އައި ހިންދީ ފިލްމްތަކަށް ބަލާއިރު ގިނަ ފިލްމްތަކެއް ވަނީ ހިޓްވެފައިއެވެ. ނަމަވެސް ހީނުކުރާ ބޮޑެތި ޕްރޮޖެކްޓްތަށް ފްލޮޕްވެފައިވެސް އެބަހުރިއެވެ. 2019 ވަނަ އަހަރު ނިކުތް ފިލްމްތަކުގެ ތެރެއިން ބްލޮކް ބާސްޓަރ ފިލްމްތަކަށް ވެފައިވަނީ ތިން ފިލްމެކެވެ. އެއީ 2019 ވަނަ އަހަރުގެ ޖެނުއަރީ މަސްތެރޭގައި ރިލީޒްކުރި ފިލްމް ޔޫ.އާރު.އައި ދަ ސާރޖިކަލް ސްޓްރައިކް އައީ ޖޫން މަހު ރީލީޒްކުރި ފިލްމް ކަބީރު ސިންގ އާއި އޮކްޓޫބަރު މަހު ސިނަމާތަކަށް އައި ވާރއެވެ.

އަދިތްޔާ ދަރު ސްކްރީން ޕްލޭ ލިޔެ ޑައިރެކްޓްކޮށްފައިވާ ޔޫ.އާރު.އައި ދަ ސާރޖިކަލް ސްޓްރައިކް އަކީ މިލިޓަރީ އެކްޝަން ފިލްމެކެވެ. ފިލްމުގެ ލީޑުން ފެނުނު ތަރިންނަނީ ވިކީ ކޯޝަލް އާއި ޔާމީ ގޯތަމެވެ. 42 ކްރޯޑް ރުޕީސްއިން އުފައްދާފައިވާ މި ފިލްމަށް ޖުމްލަވަނީ 243 ކްރޯޑަށްވުރެ ގިނަ ރުޕީސް ލިބިފައިއެވެ. މި ފިލްމަކީ މިދިޔަ އަހަރު ރިލީޒްކުރި ފިލްމްތަކުގެ ތެރެއިން ތިންވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފިލްމެވެ.

ސަންދީޕް ވަންގާ ޑައިރެކްޓްކުރި ފިލްމް ކަބީރު ސިންގ ވެގެންދިޔައީ މިދިޔަ އަހަރު ސިނަމާތަކަށް އައި ހިންދީ ލޯބީގެ ފިލްމުތަކުގެ ތެރެއިން އާންމުންގެ އެންމެ ބޮޑު ތަރުހީބެއް ލިބުނު ފިލްމަށެވެ. މިފަހަކަށް އައިސް އާންމު މުޖުތަމައުގައި ހިގާ ގިނަ ހާދިސާތަކެއް ދައްކުވައިދޭ ފިލްމްގެ ލީޑު ތަރިންނަކީ ޝާހިދު ކަޕޫރާ ކިއަރާ އަދްވާނީއެވެ. 60 ކްރޯޑް ރުޕީސްއިން އުފައްދާފައިވާ މި ފިލްމްވަނީ ޖުމްލަ 273 ކްރޯޑް ރުޕީސްއަށްވުރެ ބޮޑު އާމްދަނީއެއް ހޯދާފައެވެ.

ސިދާތް އާނަންދުގެ ޑައިރެކްޝަންގެ ދަށުން ސިނަމާތަކަށް އައި އެކްޝަން ތްރިލަރ ފިލްމް ވަރ ވެގެންގޮސްފައިވަނީ އަހަރުގެ އެންމެ ކާމިޔާބު ފިލްމަށެވެ. ރިތިކް ރޯޝަންއާއި ޓައިގަ ޝްރޮފް ލީޑުން ފެންންނަ މި ފިލްމަކީ އެކްޝަން ފިލްމެއްވިއަސް ފިލްމުގެ ވާހަކަ ގެނެސްދީފައިވާލެއް ފުރިހަމަ ވާހަކަ ގިނަބަޔަކުވަނީ ދައްކާފައެވެ. 200 ކްރޯޑް ރުޕީސްއިން އުފައްދާފައިވާ މި ފިލްމް ވަނީ ޖުމްލަ 299 ކްރޯޑް ރުޕީސްއަށްވުރެ ބޮޑު އާމްދަނީ އެއް ހޯދާފައިއެވެ.

ކިޔުންތެރިންގެ ހިޔާލު