މިސްރުގެ ހޮސްޕިޓަލަށް އެގައުމުގެ ހެލްތު މިނިސްޓަރު ވަޑައިގެންނެވި އިރު ހޮސްޕިޓަލްގެ މެނޭޖަރު ޖިންސް ލައިގެން ހުރުމުން ވަޒީފާ އިން ވަކިކޮށްފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މިސްރުގެ ވެރިރަށް ގާހިރާގައި ހުންނަ ބެނީ ސޫފް ހޮސްޕިޓަލްގައި އޮތް ބައްދަލުވުމެއްގައި މެނޭޖަރު ޖިންސް ލައިގެން ހުރުމުން ވަޒީފާ އިން ވަކިކުރިކަން އެނގި ނަމަވެސް ހަޤީޤަތުގައި ވަޒީފާ އިން ވަކިކުރީ މިނިސްޓަރާއި އެކު ހިނގި ދެބަސްވުމެއްގެ ސަބަބުން ކަމަށް ބެލެވޭ ކަމަށެވެ. އެބައްދަލުވުމުގައި ހޮސްޕިޓަލްގެ އިސްވެރިން ވަނީ ސިއްހީ އިންޝްއަރެންސް ސްކީމާއި ބެހޭ ގޮތުން ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކޮށް މިނިސްޓަރާއި ޒުވާބު ކޮށްފައެވެ.

ނަމަވެސް ހޮސްޕިޓަލްގެ މެނޭޖަރު ވަޒީފާ އިން ވަކިކުރިކަން އެންގި ލިޔުމުގައި ބުނެފައި ވަނީ ވަޒީފާ އިން ވަކިކުރީ ނުރަސްމީ ހެދުމެއްގައި ވަޒީރާއި ބައްދަލު ކުރުމުންނެވެ. "ޖިންސާއި ޖެކެޓަކީ އެފަދަ ބައްދަލުވުމެއްގައި މެނޭޖަރަކު ލުމަށް އެކަށީގެންވާ ހެދުމެއް ނޫން." ކަމަށް ވަޒީފާ އިން ވަކިކުރިކަން އެންގި ލިޔުމުގައި ވެއެވެ.

ވަޒީފާ އިން ވަކިކުރުމުން ހޮސްޕިޓަލްގެ މެނޭޖަރު ބުނީ މިނިސްޓަރު ހޮސްޕިޓަލަށް ވަޑައިގެންނެވީ ކުރިން އެންގުމަކާއި ނުލާ ކަމަށާއި އެހެންކަމުން ރަސްމީ ބައްދަލުވުމަކަށް އޭނާ ހުރީ ތައްޔާރުވެގެން ނޫން ކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު