ދުނިޔޭގައި ވަނީ ހަތް ކޮންޓިނެންޓް ނުވަތަ ބައްރުކަމީީ އެންމެނަށް އެނގޭ ހަޤީގަތެކެވެ. ނަމަވެސް ސައިންސާއި ޓެކްނޮލުޖީގެ ރޮގުން ދުނިޔެ ހޯދަމުންދާ ކާމިޔާބީތަކުގެ ނަތީޖާއަކަށް ވަނީ އައު ހޯދުންތަށް ހޯދައި ތަފާތު ކަންކަން އީޖާދު ކުރުމެވެ.
ސައިންސްވެރިން މިވަނީ އިންޑިއާ ކަނޑުގައި އޮންނަ ފަތުރުވެރިންގެ މަންޒިލެއް ކަމަށްވާ މޮރިޝަސްގެ ކަނޑުން އައު ކޮންޓިނެންޓެއް ނުވަތަ ބައްރެއް ހޯދައިފައެވެ.
ސައިންސްވެރިން ބުނި ގޮތުގައި އެ ކޮންޓިނެޓް އުފެދިފައި ވަނީ އަލިފާން ފަރުބަދަ ތަކުން ފޭބި ހޫނު އަލިފާން ނުވަތަ ލާވާގެ ސަބަބުންނެވެ. އަދި މައުރީޝިއަސްގެ ކަނޑުން ފެނިފައިވާ ގައުތަކުގައިވާ މިނަރަލްސްތަކުން އެ ގައުތަކަށް ހަތް މިލިއަން އަހަރުވެފައިވާ ކަމަށް ސައިންސްވެރިން ބުނެއެވެ.
ދެކުނު އެފްރިކަން ޔުނިވާސިޓީ އޮފް ވިތްވޯޓާސްރޭންޑް ގެ ރިސާޗަރުން ކުރި ދިރާސާއަކުން ދައްކާގޮތުގައި އެ ކޮންޓިނެންޓް އުފެދިފައިވަނީ މީގެ 200 މިލިއަން އަހަރު ކުރިންނެވެ. އަދި އެކޮންޓިނެންޓަކީ ހުރިހާ ކޮންޓިނެންޓްތަކުން މީގެ 180 މިލިއަން އަހަރު ކުރިން ވަކިވެގެން އައި ބައިތަށް ކަމަށްވެސް ރިޗާޗަރުން ބުނެފައިވެއެވެ. އެ ސަބަބަށްޓަކައި ސައިންސްވެރިން ވަނީ އެ ކޮންޓިނެންޓަށް " ސްޕަރ ކޮންޓިނެންޓް"ގެ ނަމުން ނަން ދީފައެވެ.
ސައިންސްވެރިން އިތުރަށް ބުނާގޮތުގައި އަލަށް ހޯދުނު ކޮންޓިނެންޓަކީ އެހެން ކޮންޓިނެންޓް ތަކަށްވުރެއް ސައިޒުން ބޮޑު ކޮންޓިނެންޓެކެވެ.
އިންޑިޔާކަނޑު ހަދަ ބޮޑޭ،އަދިވެސް ކަނޑު އެކޮށް ނުފެންނަނީތާ.
މީ ގެއްލިފައިވާ ބައްރެއްތަ ނޫނީ އަލަށް ފެނުނު ބައްރެއްތަ؟
ޢަލަށް ފެނުނު ތަނެއް
ދިވެހިރާއްޖޭގެ އެންމެން އަވަހަށް މިގައުމު ދޫކޮށް ތިޔަތަނަށް ހިޖުރަކުރަން މަށަށް ފެންނަނީ! އަވަހަށް ދާންހިނގާ!
ހިކިފައި އޮތްތަނެއްބާ
200،300 އަހަރު ވާއިރު ތިޔަތަނތަން ނުފެނި ހުރުމަކީ ތިޔަހުންނަ މޮޅޭ ތިކިޔާ ޓެކުނޮލޮޖީ އާ މެދު ސުވާލު އުފެދޭ ކަމެއް.
ވީމާ ދައްޖާލު ކަސްތޮޅު އަޅިފައި އޮތް ތަން ވެސް އަދި ފެންނާނެއެވެ.
Adhives balaa hoadhan vee maas
ޢަވަހަށް އެތަނަށް އަރާ އަެގެ ފަހުގަ ބޮއްޅަބޭ ވެރިކަމަށް ލާ
ކޮންބައެއްބާ ތިތާ ވެރިކަން ކުރާނީ؟
ﷲ އަކުބަރު........ ތިޔަ ތަނަށް ކޮންމެ ހެންވެސް ޖެހޭނެ ދިވެހީން ދާން ???
ކަލޯ މިއޮއްގެން ގައުމު ފުރެނީ ބިދޭސިީން އައިސް ވަޒަން ވެރި ވެއްޖެ ?
ކުއްލި ކުއްލި އައްތަ ކޮންޓިނެންޓް ވެސް ފެންނަނީ ..
ކުރިއަކު ނޯވޭތަ އެތަން ؟? މިއުޅޭ ސައިންސް ވެރީން ވެސް ހާދަ މޮޅޭ ދޯ
އިންޑިއާއިން ތިޔަތަނުގެ މިލްކުވެރި ކަމަށް ދަޢުވާކުރާނެ ލަސްތަކެއްނުވެ. އިންޑިއާ ކަނޑުގައި އޮތިއްޔާ ބައްރަކަސް އަދި ގައުމަކަސް އެއީ އިންޑިއާގެ ތަންތަނޯ ޢަޖައިބުވޭ...!!!