ތަމިލް ފިލްމުގެ ހިންދީ ރިމޭކް ހެދުން ފަހަކަށް އައިސް މިވަނީ ބޮލީވުޑްގައިވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ކަބީރު ސިންގްއަށް ލިބިފައިވާ ބޮޑު ތަރުހީބަކީ ބޮލީވުޑްގެ ގިނަ ޑައިރެކްޓަރުން ގަބޫލުކުރާ ގޮތުގައި އިތުރު ތަމިލް ފިލްމުތަކެއްގެ ހިންދީ ރިމޭކް ހެދުމަށް ލިބިގެންދިޔަ ވަރަށް ބޮޑު ފުރުސަތަކަށެވެ.

މިހާރުވެސް ތަމިލް ފިލްމުތަކެއްގެ ހިންދީ ރިމޭކްތަކެއް އަންނީ ހަދަމުންއެވެ. އޭގެތެރޭގައި "ޖާރސީ"އާއި "އާރްއެކްސް 100" ހިނެއެވެ. ރިލިއަންސް އެންޓާޓެއިންމެންޓުން އިންޑިއާގެ މަޝްހޫރު ފިލްމު ޕުރޮޑިއުސާ އެސް އާރ ޕުރަކާށް ބާބޫގެ ޑްރީމް ވޮރިއަރ ޕިކްޗާސައާއި ގުޅިގެން 2019 ވަނަ އަހަރު ހިނގި ތަމިލް ފިލްމު "ކައިތީ" ގެ ހިންދީ ރިމޭކް ހެދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

"ކައިތީ"ގެ ރިމޭކްގައި ޕްރަކާސް ވަނީ އެ ފިލްމަކީ ލަވައާއި ބަތަލާއަކާ ނުލާ ހަދާ ފިލްމެއްކަމަށެވެ. އަދި މި ފިލްމަކީ 100 ޕަސެންޓް އެކްޝަން ފިލްމެއްކަމަށެވެ. މި ފިލްމަށް ވަނީ ގިނަ ބައެއްގެ ތަރުހީބު ލިބިގެން ގޮސްފައެވެ. މި ފިލްމުގެ ރިމޭކަށްވެސް ބޮޑު ތަރުހީބެއް ލިބޭނެ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ.

ކައިތީގެ ވާހަކައިގައި އެ ފިލްމުގެ ލީޑު ރޯލުން ފެނިގެންދާ ޑިލީ ޖަލުހުކުމެއް ތަންފީޒު ކުރުމަށް ފަހު އޭނާގެ ދަރިފުޅާއި ބައްދަލުކުރަމަށްދާ މަގުމަތީގައި ފުލުހުންގެ ޑްރަގް ރެއިޑްއެއްގެ ސަބަބުން އޭނާ އެމަޅިގައި ޖެހޭ މަންޒަރެވެ. މި ފިލްމަށް ބޮކްސް އޮފީސްއިން 1.5 ބިލިއަން އިންޑިއާ ރުފިޔާގެ އާންމުދަނީ އެއްވަނީ ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު