ހަނދުގެ ރީތިކަން ބެލުމަށް ލޯބިކުރާ ފަރާތްތަކަށް މިއީ އުފާވެރި ޚަބަރަކަށް ވާނެއެވެ. 2019 ވަނަ އަހަރު ވެސް މިފަދަ ގިނަ ފުރުސަތުތަކެއް އެފަދަ ފަރާތްތަކަށް ލިބިގެންދިޔައިރު، 2020 ވަނަ އަހަރުވެސް ފެށިފައި މިވަނީ ހަނދުގެ ރީތިކަން ފެނިގެންދާ އަހަރެއްގެ ގޮތުގައެވެ.

ސައިންސްވެރިން ބުނާގޮތުގައި މިރެއާއި މާދަންރޭ ދުނިޔެއަށް އާދަޔާއި ޚިލާފަށް ގާތުން ފުރިހަމަ ހަނދެއް ފެނިގެންދާނެއެވެ. މި ހަނދަށް ސައިންސްވެރިން ދީފައިވާ ނަމަކީ "ސުޕަރ ސްނޯމޫން" އެވެ.

ސުޕަމޫން އަކީ ހަނދު އާއްމު ގޮތެއްގައި އިންނަ ވަރަށް ވުރެ ބޮޑަށް އަހަރެމެންނަށް ފެނުމެވެ. ސުޕަމޫން އެއް ފެންނަ އިރު ހަނދު ވަރަށް ބޮޑުކަމަށް އަހަރެެމެންނަށް ފެންނާނެއެވެ، މިހެން ވަނީ ހަނދު ދުނިޔެ އާއި ވަރަށް ބޮޑަށް ކައިރިވުމުންނެވެ.

އާއްމު ގޮތެއްގައި ކޮންމެ މަހެއްގައިވެސް ފުރިހަމަ ހަނދެއް ފެނިގެން ދާނީ އެންމެ ފަހަރަކުއެވެ. ނަމަވެސް މިފަހަރުގެ "ސްނޯ މޫން" ދެ ރޭ ވަންދެން ދުނިޔެއަށް ފެނިގެންދާނެ ކަމަށް ފަލަކީ އިލްމުވެރިން ބުނެއެވެ. މި ދެރޭ ހަނދު ފެނިގެންދާނީ އާންމު ގޮތެއްގައި ހަނދު ފެންނަ ވަރަށްވުރެ 14 އިންސައްތަ ބޮޑުކޮށެވެ. އަދި ހަނދުގެ އަލިކަން 30 އިންސައްތައަށް އިތުރުވެގެންދާނެ ކަމަށް އެމެރިކާގެ ޖައްވީ އިދާރާއިން ބުނެއެވެ.

އެންމެ ފުރިހަމަ ގޮތެއްގައި މި ސުޕަރ މޫން ފެނިގެންދާނީ މާދަމާ ރޭ ކަމަށް އެ އިދާރާއިން ބުނެއެވެ.

މި އަހަރު 13 ފަހަރަށް އަހަރެމެންނަށް ފުރިހަމަވެފައިވާ ހަނދެއް ފެނިގެން ދާނެއެވެ. އާއްމު ގޮތެއްގައި އަހަރަކު ފެންނާނީ މިފަދަ 12 ހަނދު ނަމަވެސް މި އަހަރު ބްލޫމޫން އެއް ފެންނަކަމުން މި އަދަދު ވަނީ 13 އަަށް އިތުރުވެފައެވެ. ބްލޫމޫން ފެންނާނީ މި އަހަރުގެ އޮކްޓޫބަރު މަހުގެ 31 ވަނަ ދުވަހުއެވެ. އެއް މަހެއްގެ ތެރޭ ދެފަހަރަށް ފުރިހަމަ ހަނދެއް ފެނިއްޖެނަމަ ދެވަނަ އަށް ފެންނަ ފުރިހަމަ ހަނދު ވެގެން ދާނީ ބްލޫ މޫން އަކަށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ކިޔާލު

    ފެނުނިއްޔާ ފެނުނީއެއްނު ކޮންކަމެއް ހަނދަށް ބަލަބަލާ ހަނދަކީ ކަލާކަމުގާވިޔަސް ....

    8
    5
  2. Anonymous

    "އޭޤުދްރަތީ ހަނދާޢޭ ޒީނަތްވި ހަނދުވާރާއޭ
    މޭރުންވެދާ ގޮތެއްގައި މިހިތަށް ނިކަންބަލާށޭ
    "

  3. ނަޒުރަތު

    ހަނދާ، ތިޔަދޭ ނަލަ ހަނދުވަރު ތަކުން........

  4. މުސްލިމު

    މުސްލިމުން ހަނދަކަށް ނުބަލާނެ. އެހެންވެ ދެފަޅިކޮށްފަ އެއްލާލީވެސް.

    3
    17
    • ނަން

      ނޭނގޭ ވާހަކަ ނުދައްކާ. ކުފުރުވެދާނެ. މުސްލިމުން ހަނދަށް ނުބަާތީކީ ނޫން. މުސްލިމުން ހަނދަށް ބަލައިގެން ރޯދަވެސް ހިފަނީ.

      21
      2
  5. ހަމްދަރުދީ

    މިކަމަކީ ދުނިޔެ ޤިޔާމަތްވުމުގެ އަލާމާތެއް، މިކަހަލަ ކަންތައްތަކުން އިބްރަތް ހާސިލްކޮށް މާތް މަތިވެރި ﷲ އަށް ބިރުވެތިވޭ.

    14
    3