އުމުރުން ތިން އަހަރުގެ އަންހެން ކުއްޖަކު ލަވައެއް ކިޔާލި ރީތިކަމުން އެތައް ބައެއްގެ ސަމާލުކަން ވަނީ ލިބިފައެވެ. ސްޓޭޖެއްގައި ބައްޕައަކާއެކު ކިޔާލި އެ ލަވައަކީ ފިލްްމް ރޮޖާގެ ލަވައެކެވެ. "ޗޯއްޓީ ސި އާޝާ"ލަވަ ވަރަށް ރީއްތަށް ވެޑާ އަގްރަވަލް ނަމަކަށް ކިޔާ އެ ކުއްޖާ އާއި އޭނާގެ ބައްޕަ މަދަވް ބީނާ އަގްރަވަލް ކިޔާދެއެެވެ.

ވެޑާ ފަހުން ބޭނުންވީ އަމިއްލައަށް އެކަނި އެ ލަވަ ކިޔާށެވެ.

އެ ވީޑިއޯގައި ވެޑާގެ ބައްޕަ ވެޑާ އެކަނި ލަވަ ކިޔަން ބޭނުންވާ ވާހަކަ ބުނެއެވެ. އަދި މިއުޒިކް ޖަހާއިދިނުމަށް އޭނާ އެދޭއިރު، ވެޑާ ލަވަ ކިޔަން ފަށައެވެ. އޭނާ ލަވަ ކިޔަމުން ދިޔަ ގޮތުން އެތައް ބައެއްގެ ސަމާލުކަން އޭނާ އަށް ލިބިގެން ދިޔައެވެ. އަދި ފަހުން ވެޑާ ލަވަކިޔަމުންދާއިރު، ބައްޕަވެެސް ބައިވެރިވެއެވެ.

އެ ވީޑިއޯ މިހާރު ޔޫޓިއުބްގެ އިތުރުން މީސް މީޑިއާގެ އެތައް ޕްލެޓްފޯމެއްގައި ދަނީ ހިނގަމުންނެވެ.

އެ ވީޑިއޯ ޓްވިޓާގައި ހިއްސާ ކުރީ ވެޑާގެ މަންމައެވެ. ވެޑާގެ މަންމަ ބުނީ، އޭނާގެ އަންހެން ދަރިފުޅާއި ބައްޕަ ފުރަތަމަ ފަހަރަށް އެއްކޮށް ޕާފޯމް ކުރަނީ ކަމަށެވެ. އެ ވީޑިއޯ މިހާރު 1.7 ލައްކަ ވިއުސް ވަނީ ލިބިފައެވެ. އަދި 15000 އަށްވުރެ ގިނަ ލައިކްސް އެ ވީޑިއޯއަށް ލިބިފައި ވެއެވެ،