ދެކުނު އެފްރިކާގެ ވެރިކަން ކުރާ ސިީޓީ ކަމަށްވާ ޕްރެޓޯރިއާގައި ކުއްތާއެއް އޭގެ ވެރި މީހާގެ އެންގޭޖްމެންޓް ރިންގް ދިރުވާލައިފިއެވެ.

ޕެޕާ ނަމަކަށް ކިޔާ ކުއްތާއަކީ އަގުބޮޑު ގަހަނާ ފަދަ ތަކެތި އަބަދުވެސް ބޭނުންވާ ކުއްތާއެކެވެ.

ކުއްތާގެ ވެރިފަރާތުން ބުނެފައިވަނީ އެ ކުއްތާއަކީ އަބަދުވެސް ގޭތެރޭގައި އަގުބޮޑު ގަހަނާއެއް ފަދަ އެއްޗެއް އޮތިއްޔާ ނަގައިގެން އަނގަޔަށް ލައިގެން އުޅޭ އެއްޗެއް ކަމަށެވެ. އެހެން ކަމުން އަބަދުވެސް ކުރާ ކަމެއް ވުމުން އެހާ ބޮޑަށް އެކަމާއި އޭނާ ނުވިސްނާ ކަމަށެވެ. އެކަމެއް ހިނގާފައިވަނީ އޭނާ ނުވިސްނާ ހުރި ވަގުތެއްގައި ކަމަށް އޭނާ ވަނީ ބުނެފައެވެ.

އޭނާ ބުނީ، ޕެޕާ އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ގެންދިޔައީ އެސިޓީގެ ޖަނަވާރުންނަށް ފަރުވާދިނުމަށް ހާއްސަކޮށްފައިވާ ވަލޭ ފާމް އެނިމަލް ހޮސްޕިޓަލުގައި ކަމަށެވެ. އެފަރާތުން ކުއްތާ އޮޕަރޭޝަން ނުކޮށް ހޮޑު ލެވޭނެ ކަހަލަ ބޭހެއް ދީފައިވާ ކަމަށް އޭނާ ވަނީ ބުނެފައެވެ. އަދި ކުއްތާގެ ބަނޑު އެކްސްރޭ ނެގި އިރު ވަރަށް ރީއްޗަށް އެ އަނގޮޓީ ފެންނަން އޮށް ކަމަށް އޭނާ ވަނީ ބުނެފައެވެ.

އޭނާ ބުނެފައިވަނީ ބޭސް ދިނުމަށްފަހު އިރުތަކެއް ނުވަނީސް އެ ކުއްތާ ހޮޑު ލާފައިވާ ކަމަށެވެ.

ޖަނަވާރުން ބަލާ ހައްސަ ޑޮކްޓަރުން ބުނެފައިވަނީ އެކުއްތާ ހޮޑު ނުލި ނަމަ އޮޕަރޭޝަން ކުރަން ޖެހޭނެ ކަމަށެވެ. އަދި އެފަދަ އޮޕަރޭޝަން ތަކަކީ ބައެއް ފަހަރު ނުބައިކޮށްވެސް ދާ އޮޕަރޭޝަން ކަމަށް ވަނީ ބުނެފައެވެ.