މީގެ ހަފްތާއެއްހެން ދުވަސް ކުރިން އަލިފާން ޖެހި އުމުރުން 25 އަހަރުގެ ޓީޗަރު މަރުވެއްޖެއެވެ. އިންޑިއާގެ މަހަރަޝްތްރާގެ ވަރްދާއަށް ނިސްބަތްވާ އެ ޓީޗަރުގައިގައި އަލިފާން ޖަހާފައި ވަނީ މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ފަށައިގެން އޭނާއަށް ފާރަލަމުން ދިޔަ މީހެކެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާގޮތުގައި، އެ އަންހެން މީހާ ގައުގައި އަލިފާން ޖަހާފައި ވަނީ އޭނާ ކޮލެޖަށް ދިޔަ މަގުމަތީގައެވެ. އެއީ މިދިޔަ ހަފްތާގެ ހޯމަ ދުވަހެވެ.

އޭނާ ގައިގައި އަލިފާން ޖަހާފައި ވަނީ ވިކޭޝް ނަގްރޭލް ނަމަކަށް ކިޔާ ފިރިހެނެކެވެ. ފުލުހުން ބުނީ، ވިކީ އެ އަންހެން މީހާގެ ގައިގައި އަލިފާން ޖެހީ ސައިކަލެއްގައި ގޮސް ގަޔަަށް ޕެޓްރޯލް އެޅުމަށްފަހުގައި ކަމަށެވެ. އެ ހާދިސާގައި އަންހެން މީހާގެ ހަށިގަނޑުގެ 40 އިންސައްތަ އޮތީ ފިހިފައެވެ.

އޭނާއަށް ފަަރުވާދެމުން ދިޔައީ ނަޖްޕޫރްގައި ހުންނަ ޕްރިއިވެޓް ހޮސްޕިޓަލްގައެވެ. ރިޕޯޓްތައް ބުނާގޮތުގައި، އޭނާ މިއަދު ހެނދުނު 6:55 ގައި މަރުވިއިރު، އޭނާ މަރުވީ ޝޮކެއް ޖެހިގެން ނެވެ.

އޭނާގެ ހަށިގަނޑު މިހާރު ވަނީ ޕޯސްޓްމޯޓަމް ހެދުމަށް ހަވާލުކޮށްފައެޗެ.

އެ މައްސަލާގައި ވިކޭޝް ވަނީ ހައްޔަރުކޮށްފައެވެ. އަދި އޭނާއަކީ މީހަކާއި ކައިވެނިކޮށްގެންވެސް އުޅޭ މީހެކެވެ. އޭނާއަކީ އަންހެނުންނަށް އަބަދުވެސް ފާރަލަމުން އަންނަ މީހެއް ކަމަށް ވެއެވެ. އަދި އޭނާ މިދިޔަ އަހަރު ތެރޭގައި އަމިއްލަ އަށް މަރުވާންވެސް މަސައްކަތް ކުރިއެވެ.

އެ ޓީޗަރުގެ މަރާއި ގުޅިގެން އިންސާފު ހޯދުމަށް އެދި ގިނަ ކުދިންތަކެއް މުޒާހަރާވެސް ކުރި ކަމަށް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު