ހޮލީވުޑްގެ މަޤްބޫލް ބަތަލާ އެމްބާ ހާޑް އޭނާގެ ކުރީގެ ފިރިމީހާ އަދި އެކްޓަރ ޖޯނީ ޑެޕްއަށް ގެވެށި އަނިޔާ ކުރިކަމުގެ މައްސަލަތަކެއް ފެންމަތިވެ، އޭނާގެ ބަދަލުގައި އެކުއަމޭން 2 އަށް އެމިލިއާ ކްލާކް ލާން ފޭނުން ގޮވާލަން ފަށައިފިއެވެ.

އެކުއަމޭންގެ ބަތަލް ޖޭސަން މޯމޯ އާއި އެކު ކުރިން ގޭމް އޮފް ތްރޯން ސީރީޒްގައިވެސް މަސައްކަތް ކުރި އެމިލިއާ، އެމްބާގެ އެކުއަމޭންގައި އަދާކުރި ރޯލަށް ގެންނަން ފޭނުން އެދެމުންދާއިރު، އެމްބާ އެކުއަމޭންއިން ވަކިކުރުމަށް ގޮވާލާ އެތައް ހާސް ބަޔަކު ސޮއިކޮށް ޕެޓިޝަނެއްވެސް ހުށަހަޅާފައިވެއެވެ.

އެމްބާއަށް ކުރެވޭ ގެވެށި އަނިޔާގެ ތުހުމަތުތަކާއި ގުޅިގެން، އެކުއަމޭން 2ގެ ޝޫޓިންގެ މަސައްކަތްތައް ވަނީ ފަސްކޮށްފައެވެ.

އެމްބާގެ ބަދަލުގައި އެ ރޯލަށް އެހެންމީހަކު ހަމަޖައްސަން އެކުއަމޭންގެ ޕްރޮޑަކްޝަން ހައުސް ޑީސީއަށް ފޭނުން މެދު ނުކެނޑި ޕްރެޝާކުރަމުން ދާއިރު، ޖޭސަން އާޢި އެމިލިއާގެ ޖޯޑަކީ ފޭނުންގެ މެދުގައި މަޤްބޫލް ޖޯޑެކެވެ.

އެކުއަމޭންގައި ބަތަލާގެ ރޯލުން ފެނުނު އެމްބާއަށް ފޭނުންގެ ނުރުހުން އިންތިހާއަށް އަމާޒުވެފައިވާ މި ދަނޑިވަޅުގައި އެ ފިލްމްގެ ދެ ވަނަ ބައި އެމްބާ ހިމަނައިގެން ޝޫޓްކޮށްފި ނަމަ، ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުންގެ ހިމާޔަތުގައި މަސައްކަތް ކުރާ މީހުން އެ ފިލްމް ބޮއިކޮޓް ކުރަން ގޮވާލާނެކަން ޔަޤީނެވެ.

ފިރިހެނުންނަށް ކުރާ ޖިސްމާނީ އަނިޔާގެ ވާހަކަ ރިޕޯޓްކުރާ ނިސްބަތް އަދިވެސް މަދެވެ. ޖޯނީ ޑެޕް ވަނީ އޭނާއަށް އެމްބާގެ ފަރާތުން ޖިސްމާނީ އަދި ނަފްސާނީ އަނިޔާތައް ލިބުނުކަން ހާމަކުރުމުން އެމްބާއަށް ފިޔަވަޅު ނާޅާ ދޫކޮށްލައިގެން ނުވާނެ ކަމަށް ފޭނުން ބުނެއެވެ.

އަދި ޖޯނީގެ ފޭނުން ވަނީ އޭނާގެ ހިމާޔަތުގައި ތެދުވެ އެމްބާ އާއި މެދު ފިޔަވަޅު އަޅަން ގޮވާލާ ޚާއްސަ ކެމްޕެއިނެއްވެސް ފަށާފައެވެ.

މިދިަޔަ ހަފްތާގައި، ލީކުވި އޯޑިއޯ އަކުން އެމްބާ ޖޯނީ އަށް އަނިޔާކުރިކަން ޝައްކެއް ނެތް މިންވަރަށް ހާމަވެއެވެ. އަދި އޭނާ ޖޯނީ އަށް ގަނާކޮށް ވާހަކަދައްކާ އަޑު އެ އޯޑިއޯއިން އިވެއެވެ.

ނަފްސާނީ އަދި ޖިސްމާނީ ގޮތުން ޖޯނީއަށް ދިމާވި އަނިޔާތަކުގެ ވާހަކަ ފެންމަތިވެފައިވާއިރު، މީގެ ކުރިން އެމްބާ ވަނީ ޖޯނީ އޭނާ އަށް އަނިޔާ ކުރިކަމަށް ބުނެފައެވެ.

2017 ވަނަ އަހަރު އެ ދެތަރިންގެ ކައިވެނި ރޫޅުނު ހިސާބުން ޖޯނީގެ އެކްޓިން ކެރިއާއަށް ވަރަށް ބޮޑެތި އަސަރުތަކެއް ކުރިއެވެ.

އެގޮތުން އޭނާއަށް ކުރިމަތިވި ގެވެށި އަނިޔާގެ ތުހުމަތުތަކަށް ފަހު، އޭނާއަށް ރޯލުތައް ލިބުން މަދުވިއެވެ. އަދި ޖޯނީ ޑިޕްރެޝަންގެ ޝިކާރައަކަށްވެ، ގިނަ ވަގުތުތަކެއް މީހުންނާއި ދުރުގައި އޭނާ ދިޔައީ ހޭދަކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޝާރު

    ނޯ އޮފެންސް ޓު އެމީލިއާ އެންޑް ހާރ ފޭންސް ބަޓް ޝީ އިޒް ޓޫ ޝޯޓް ޓު ބީ މީރާ އޮން އެކުއަމޭން.

  2. ސޯޓުބޮކި

    އަކުއާމޭން*